ބިލެއްފަހި ބަނދަރު މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށައިފި

ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް އިއްޔެ ފަށައިގެން ކުރިޔަށް ދަނީ --- ފޮޓޯ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

އެމްޓީސީސީއިން ބުނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.

އަދި އާ ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.

ބިލެއްފަހީ ބަނަދަރު މަޝްރޫގެ ދަށުން، 40,576 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.

އަދި 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ހަމައެއާއެކު 1,150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުން ކުރިޔަށް ދާނެއެވެ.

މި މަޝްރޫއަކީ 31.6 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

comment ކޮމެންޓް