ވަޒަންތަކަކާ އެކު ހައްޔަރުކުރި ފަތުރުވެރިޔާގެ ބަންދަށް އިތުރު ހަތަރު ދުވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަޒަންތަކަކާއެކު ހައްޔަރުކުރި ފަތުރުވެރިޔާގެ ބަންދަށް އިތުރު ހަތަރު ދުވަސް ޖަހައިފިއެވެ.

ފުލުހުން އެ ފަތުރުވެރިޔާ ހައްޔަރުކުރީ އެއާޕޮޓަށް ފުރަންގޮސް ހުއްޓާ އޭނާގެ ދަބަހުން ވަޒަންތަކެއް ފެނިގެން މި މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާއަކީ ނެމިބިއާއަށް ނިސްބަތްވާ 60 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.

އޭނާގެ ބަންދަށް ތިން ދުވަސް ޖަހާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ ފަތުރުވެރިޔާގެ ބަންދަށް އޭރު ދިން މުއްދަތު ހަމަވެފައި ވާތީ، އޭނާގެ ބަންދަށް އިތުރު ހަތަރު ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

އެމީހާއަށް އެ ވަޒަންތައް ލިބުނީ ކިހިނެތްތޯ އަދި އެއީ އެ ފަތުރުވެރިޔާ ރާއްޖެއަށް އެތެރެކުރި ވަޒަންތަކެއްތޯ "ސަން" އިން ސުވާލުކުރުމުން ފުލުހުން ބުނީ އެ މައްސަލަ އަދިވެސް ދަނީ ތަހުގީގުކުރަމުންކަމަށެވެ. އެހެންވެ އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތްކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް