އައިޕީޔޫގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް ޖީހާން ހޮވިއްޖެ

މެންބަރު ޖީހާން މަހްމޫދު --- ފޮޓޯ/ މަޖިލިސް

އިންޓަ- ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހޮވިވަޑައިގެންފި އެވެ.

އިންޓަ ޕާލިމެންޓްރީ ޔޫނިއަން އަކީ 157 ގައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އައިޕީޔޫ ގައި ހިމެނެނީ އެކި ގައުމުތަކުގެ ޕާލިމަންޓުންނެވެ.

ޖީހާން އަކީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ޗެއާޕާސަން އެވެ. އެގޮތުން 157 ގަައުމަކާ ވާދަކޮށް އައިޕީއޫގެ މޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރު ކަމަށް ޖީހާން ހޮވުނީ އޭޝިއާ ފެސިޕިކް ގްރޫޕުންނެވެ.

އެ މަގާމަށް ހޮވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖީހާނަށް މަރުހަބާ ދަންނަވައި، ވޯޓު ދެއްވި ހުރިހާ ގައުމުތަކަަކަށް ޝުކުރު އަދާކޮށްފައެވެ.

މިއީ އައިޕީޔޫގެ މެންބަރުކަމަށް ރާއްޖޭގެ ޕާލިމަންޓަކު ހޮވުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް