ހަތަރު ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް ކުރިމަތި ލުމުގެ ފުރުސަތު

އޭޕްރީލް 10، 2021: ގާނޫނީ ބޮޑެތި ބާރުތަކާއެެކު އިންތިހާބު ވާނެ، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ އިންތިހާބު ކުރާ "ލޯކަލް ކައުންސިލް އިންތިހާބު 2020"ގެ ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަތަރު ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އެ ހަތަރު ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެެވެ.

އިލެކްޝަނުން ބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާތަކަށާއި އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާ ކަމަށެެވެ.

އެގޮތުން ހަތަރު ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތި ލުމަށް އިލެކްޝަނުން ވަނީ ހުޅުވާލާފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ދާއިރާތައް:

ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ/ އަދަދު 1
ބ. ފުޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ / އަދަދު 1
ލ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ/ އަދަދު 2
މ. ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ/ އަދަދު 5

އެ ރަށްތަކުގެ އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލުމުގެ ސުންގަޑި އަކީ ޖުލައި 16 ވާ ހުކުރު ދުވަހުގެ ހަވީރު 05:00 އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހުއެެވެ.

comment ކޮމެންޓް