މި މަހު 7 ގައި "ގޮއްރާޅު" މީޑިއާނެޓް މަލްޓި ސްކްރީނަށް

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކްރައިމް ތްރިލާ "ގޮއްރާޅު" މި މަހުގެ ހަތްވަނަ ދުވަހު މީޑިއާނެޓުގެ މަލްޓި ސްކްރީނުން ދެއްކުމަށް ތައްޔާރުވެއްޖެއެވެ.

"ގޮށްރާޅު" ޕްރިމިއާކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

ގޮއްރާޅު މި ފިލްމަކީ ސަސްޕެންސް ތްރިލާ ފިލްމެކެވެ. ފިލްމުގެ މެއިން ކެރެކްޓާ އަކީ ފިރިހެނެކެވެ. މި ފިލްމު ބިނާވެފައި ވަނީ ލޯބީގެ ވާހަކައެއްގެ މައްޗަށް ނަމަވެސް ފިލުމުގެ މައްސަލަ ހޫނުވެ ގޯހުން ގޯހަށް ދަނީ، ފުރައްސާރަކޮށް ގަދަބާރުން ކަންކަން ކުރާ ހިސާބުންނެވެ. ރާއްޖޭގައި ހުރި އިޖްތިމާއީ ތަފާތު އެތައް މައްސަލައެއް ގޮއްރާޅުގެ ތެރެއިން ފެނިގެންދާނެ ކަމަށް ފިލްމު ރިލީޒް ކުރި ފަރާތުން ބުނެއެވެ.

މި ފިލްމު އަންނަ އަންގާރަ ދުވަހު މީޑިއާނެޓުގެ މަލްޓި ސްކްރީން މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް އެފަރާތުން ބުނެއެވެ.

މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަނަކީ ލައިވްކޮށް އެކި ޓީވީ ޗެނެލްތައް ބަލައިލެވޭ އަދި ވިޑިއޯ އޮން ޑިމާންޑް ފީޗާއަކާ އެއްކޮށް ލައިވް ޓީވީ އާއި އެކި ސީރީޒް ބަލާލެވޭ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖެ އާއި ބައިނަލްއަގްވާމީ ޗެނެލްތައް އަމިއްލަ ފޯނަށާއި ލެޕްޓޮޕަށާއި ކޮމްޕިއުޓަރަށް ނުވަތަ ޓެބްލެޓަށް ސްޓްރީމްކޮށްގެން ބަލައިލެވޭނެ އެވެ.

އެޕްލިކޭޝަނުން މީޑިއާނެޓުގެ އޮރިޖިނަލް ކޮންޓެންޓްވެސް ބަލައިލެވޭއިރު، މީޑިއާނެޓުގެ ޗެނެލްތައް މަލްޓިސްކްރީންގައި ބަލައިލުމަށް ބޭސިކް، ފެމިލީ އަދި ވޯންޓް އިޓް އޯލް ޕެކޭޖުތަކުގެ ދަށުން އަގަކާނުލައި ބަލަައިލެވޭނެ އެވެ.

މި ޕެކޭޖުތަކުގެ ދަށުން ކަސްޓަމަރުން ވީޑިއޯ އޮން ޑިމާންޑް ފީޗާ އަށް ސަބްސްކްރައިބް ކުރެވޭއިރު ކޮންމެ ކަސްޓަމަރަކަށްވެސް އެމްއެސް ކޮމްބޯ ޕެކޭޖެއް އިހްތިޔާރުކުރެވޭނެ އެވެ.

މާލެ އާއި ހުޅުމާލޭގައި ދިރިއުޅުއްވާ ޔޫއެޗްޑީ އެންޑްރޮއިޑް ޓީވީއެއް ހުރި ކަސްޓަމަރުންނަށް އެމްއެސް ޓީވީގެ ހުރިހާ ޗެނެލެއް ޑީކޯޑަރަކާ ނުލައި ބަލައިލެވޭއިރު ކޭބަލް ހިދުމަތުން އެމްއެސް ޓީވީއަށް ބަދަލުވާން އެދޭ ފަރާތްތަކަށްވެސް އިތުރު އެއްވެސް ހަރަދަކާ ނުލާ މިހާރު ބަދަލުކުރެވޭނެ އެވެ. މިގޮތަށް އެދޭ ކަސްޓަމަރުންނަށް މީޑިއާނެޓުގެ ޓެކްނީޝަނެއް ޒިޔާރަތްކޮށް ފައިބާ ނެޓްވޯކާއި ގުޅުވައިދިނުމުގެ މަސައްކަތް ނިންމައިދޭނެ އެވެ.

އެޕަލްގެ އެޕްސްޓޯ އަދި އެންޑްރޮއިޑް ޕްލޭސްޓޯ މެދުވެރިކޮށް މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަން ޑައުންލޯޑުކޮށްގެން 'ގޮށްރާޅު' ބަލައިލެވޭނެ އެވެ. ނޫނީ https://cuda.medianet.mv އަށް ޒިޔާރަތްކޮށްގެންވެސް ޑައުންލޯޑުކޮށްލެވޭނެ އެވެ. އެމްއެސްޓީވީއަށް ރެޖިސްޓާކޮށްލުމަށް https://mstv.medianet.mv ޒިޔާރަތްކޮށްގެން ރެޖިސްޓާ ކުރެވޭނެ އެވެ.

މަލްޓިސްކްރީން ނުވަތަ އެމްއެސްޓީވީއަށް ސަބްސްކްރައިބް ކުރުމަށް https://my.medianet.mv އަށް ޒިޔާރަތްކުރާށެވެ. މީޑިޔާނެޓުގެ ފްރަންޓް އޮފިސް މެދުވެރިކޮށް އަދި އޮފިޝަލް ބިޒްނަސް ޕާޓްނާއެއް މެދުވެރިކޮށްވެސް ސަބްސްކްރައިބް ކުރެވޭނެ އެވެ.

comment ކޮމެންޓް