ކުޑަ ކުއްޖާގެ މަރު: ޖެންޑާއިން ނޫހެއް ޖޫރިމަނާކޮށް، ތިން މީޑިއާއަކަށް ނަސޭހަތް ދީފި

ފުލުހުން ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ޖެންޑާއިން ބައެއް މީޑިއާތަކަށް ވަނީ ފިޔަވަޅު އަޅާފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި ހަބަރުތައް ރިޕޯޓުކުރި ގޮތުން ނޫހެއް ޖޫރިމަނާކޮށް, ތިން މީޑިއާއަކަށް ނަސޭހަތް ދީފި އެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ, ޖޫރިމަނާކުރީ "އަވަސް" ނޫސް ކަމަށެވެ. އެ ނުސް ޖޫރިމަނާ ކުރީ 2,000 ރުފިޔާއިންނެވެ.

ނަސޭހަތް ދިނީ, "އަދަދު", "ވަންއޮންލައިން" އަދި "ވަގުތު" އެވެ.

އޭނާ ވިދާޅުވީ, މިޑިއާތަކަށް ފިޔަވަޅު އަޅަން ނިންމީ އެ މީޑިއާތަކުން ކުޑަ ކުއްޖާގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް ރިޕޯޓުކޮށްފައިވާތީ ކަމަށެވެ. އަދި ފިޔަވަޅު އަޅާފައިވަނީ, ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވައިދުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޖެންޑާއިން ހާމައެއް ނުކުރެ އެވެ.

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުށެކެވެ. ނަމަވެސް އާންމުކޮށް, މިޑިއާތަކަށް ފިޔަވަޅު އަޅަން އޮންނަ މުއައްސަސާއަކީ, ނޫހަކުން ނަމަ, މީޑިއާ ކައުންސިލް އަދި ޓީވީއަކުން ނަމަ, ބްރޯޑްކާސްޓިން ކޮމިޝަން އެވެ.

ކުޑަ ކުއްޖާ މަރުވި މައްސަލައިގައި ބައެއް މީޑިއާތަކުން އެ ކުއްޖާގެ ވަނަވަރު ހާމަކޮށް, އާއިލާ މައްސަލަތައް ފަދަ ކަންކަވެސް ރިޕޯޓުކޯށްފައިވެ އެވެ.

comment ކޮމެންޓް