އަކްޝޭގެ "ރަކްޝާބަންދަން"ގެ ޝޫޓިން ފަށައިފި

އަކްޝޭ ގެ ރަކްޝާބަންދަން ގެ ޝޫޓިން ވަނީ އިއްޔެ ފަށާފައި---

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ރަކްޝާބަންދަން"ގެ ޝޫޓިން ފަށައިފި އެވެ.

އާނަންދު އެލް ރާއީ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގައި އަންހެން ބަތަލާގެ ރޯލު ކުޅޭނީ ކާމިޔާބު ބަތަލާ ބޫމީ ޕެޑްނޭކަރު އެވެ. މީގެ ކުރިން ވެސް މި ދެތަރިން ވަނީ އެކުގައި މަސައްކަތްކޮށްފަ އެވެ.

މި ފިލްމު އިއުލާންކުރި ދުވަހު އަކްޝޭ ބުނީ މި ފިލްމަކީ މުޅި ކެރިއަރުގައި ވެސް އެންމެ އަވަހަށް އޭނާ ކުޅެން އެއްބަސްވެ ސޮއިކުރި ފިލްމުކަމަށެވެ. މި ފިލްމަކީ މީހުން ހެއްވާލާ ރޮއްވާލާނެ ފިލްމެއްކަމަށެވެ. އަދި ދައްތަ މެން ތިބޭ މީހުންނަށް ދައްތަމެން ލިބުމަކީ ކިހާބޮޑު ނަސީބެއްކަން ވެސް މި ފިލްމުގެ ޒަރިއްޔާއިން ހާމަވެގެންދާނެ ކަމަށް އޭނާ ބުންޏެވެ. މި ފިލްމު އޭނާ ހާއްސަކުރަނީ އޭނާގެ ދައްތަ އަލްކާއަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އަކްޝޭ މި ފިލްމު އިއުލާންކުރި އިރު ކޮވިޑް19 އާ ގުޅިގެން މި ފިލްމު ޝޫޓްނުކުރެވި އޮތުމާ އެކު ފިލްމު ރިލީޒްކުރެވޭ ގޮތް ނުވީ އެވެ. މި ފިލްމު އެންމެ ކުރިން ރިލީޒްކުރަން ނިންމީ މިދިޔަ އަހަރު އެވެ.

comment ކޮމެންޓް