ޔޫރޯގެ ފޯރިގަދަ މެޗުތައް ބަލަން ދިރާގު ޕްރީޕެއިޑް ކޮމްބޯއިން 50 ޕަސެންޓު އިތުރު ޑޭޓާ

ޔޫރޯ 2020 ގެ މެޗުތައް ފޯނުން ސްޓްރީމު ކުރުމަށް ދިރާގުން ޕްރިޕެއިޓް ކޮމްބޯ އެކްޓިވޭޓު ކުރުމުން 50 ޕަސެންޓު އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިރޭ ޕޯޗުގަލް އާއި ޖަރުމަނު ވާދަކުރާ ފޯރިގަދަ މެޗް ބެލުމަށް މިއީ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މޮބައިލް ފޯންތަކުން ސްޓްރީމް ކުރުން އިތުރު ވެފައިވާއިރު، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޔޫރޯގެ މެޗްތައް މޮބައިލް ފޯނުން ސްޓްރީމް ކޮށްގެން ބެލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމަށްފަހު "ސްޓްރީމިން ޕާކް" ހިޔާރުކޮށްލައިގެން އެއް ޖީބީ ހިލޭ ޑޭޓާ، ސްޓްރީމް ކުރަންލިބޭނެ ކަމަށެވެ

ދިރާގު ޕްލޭ އެޕުން މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބެލޭނެ އެވެ.

ދިރާގު ޕްލޭގެ މަހު ފީ އަކީ ޖީއެސްޓީ އާ ނުލާ މަހަކު 65 ރުފިޔާއެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ، އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި މީގެ އިތުރުން، އިތުރު ހިލޭ "ޕާކްސް" ވެސް ލިބިގެންދާނެއެވެ. މި ހިލޭ ޕާކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ހިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް ގަންނާކަށް ނުޖެހޭނެއެވެ. އެހެންކަމުން، އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލެވޭނެއެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް 250 ރުފިޔާ އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެއެވެ. ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕުން ނުވަތަ ކޮމްބޯ ޕްލޭންގެ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވުމުން ވެސް އެކްޓިވޭޓް ވާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށާއި އަބަދުވެސް މަސައްކަތް ކުރަނީ ދިވެހިންގެ ތެރޭގައި އެންމެ ފަހުގެ އަދި މަޤުބޫލު މުނިފޫހިފިލުވުގެ ހަރަކާތްތައް ޑިޖިޓަލް ޒައްރިއްޔާ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް