ގުޅީފަޅު ޕްލޭން ބަދަލުކުރަން މަޝްވަރާ ނުކުރާތީ މޭޔަރު ކަންބޮޑުވެއްޖެ

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓޯ: ސިޓީ ކައުންސިލް

ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ތަނަކަށް ހެދުމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް އެދުނު ނަމަވެސް އެ މަޝްވަރާތައް ކުރިއަށް ނުދާތީ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރުން މިހާރު ނިންމާފައި އޮތީ މާލޭ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލު ކުރުމަށެވެ. ނަމަވެސް މޭޔަރު މުއިއްޒު ވިދާޅުވަނީ ޕޯޓު ތިލަފުށީގައި ތަރައްގީކޮށް ގުޅީފަޅުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށެވެ.

މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ރައްޔިތުންް އެދޭގޮތަށް ގުޅީފަޅަކީ ގެދޮރުގެ މަންޒިލަކަށް ހެދުމަށް ގުޅީފަޅުގެ ޕްލޭން ބަދަލުކުރަން ސިޓީ ކައުންސިލާއި ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ފަށައިދޭނެ ކަމަށް ބުނިތާ ތިން ހަފްތާ ވެފައިވާ ކަމަށެވެ. އަދި އެކަން ނުފެށޭތީ ހިތަމަކުރައްވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

https://sun.mv/153094

މީގެ ކުރިން މޭޔަރު މުއިއްޒު ވިދާޅުވީ ގުުޅީފަޅުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ކޯޓަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށެވެ. އަދި މަދުވެގެން 30،000 ރައްޔިތުންނަށް ގެދޮރު ލިބޭނެހެން ގުޅީފަޅު ޕްލޭން ރިވައިޒްކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް