ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަމާކެޓް ޗެއިން ރެޑްވޭވްގެ 12 ފިހާރައިގައި ކުރިއަށްގެންދިޔަ "ރެޑްވޭވް ރޯދަ ސޭލް 2021"ގެ ނަސީބުވެރިން ހޮވައިފި އެވެ.

ފެބްރުއަރީއިން މެއި މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް ހޮވީ ރެޑްވޭވް މެގަމޯލްގަ އެވެ. އަދި ރެޑްވޭވްގެ ފޭސްބުކް ޕޭޖުން އެ އިވެންޓު ވަގުތުން ދައްކާފައިވެ އެވެ.

އެ ޕްރޮމޯޝަންގައި ކަސްޓަމަރުން ކުރި 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ވަނީ ދޫކޮށްފަ އެވެ. އެގޮތުން އެތައް ހާސް ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން 20 އިނާމް ލިބޭ 10 ފަރާތެއް ވަނީ ހޮވާފަ އެވެ.

މީގެ އިތުރުން 10،000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭ ފަސް ފަރާތެއް ވެސް ވަނީ ހޮވާފަ އެވެ.

ޕްރޮމޯޝަންގެ އެންމެ އަގުބޮޑު އިނާމު ކަމަށްވާ 100،000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި ފަރާތްވެސް އެ ރަސްމިއްޔާތުގައި ވަނީ ހޮވާފަ އެވެ. އެގޮތުން އެ އިނާމް ލިބުނީ އަބްދުލްބާރީ (ކޫޕަން ނަމްބަރ: 0131069) އަށެވެ.

މި އިނާމްތަކުގެ އިތުރުން ރެޑްވޭވް ރޯދަ ސޭލްގެ ތެރެއިން ރެޑްވޭވްގެ ފޭސްބުކްގެ ޕޯސްޓްތައް ލައިކް އަދި ޝެއާކޮށްގެން ޓޮޕްފޭން ބެޖް ހޯދި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ފަސް ނަސީބުވެރި ފަރާތެއް ވެސް ވަނީ ހޮވާފަ އެވެ. އެގޮތުން އެއްވަނައަށް 55 އިންޗި ޓޮޝީބާ ޓީވީއެއް ވަނީ ލިބިފަ އެވެ. އެ އިނާމު ލިބުނީ ތާއިއު ރަޝީދަށެވެ.

ހުރިހާ ނަސީބުވެރި ފަރާތްތަކުގެ ތަފްސީލް ރެޑްވޭވްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ އާންމުކޮށްފަ އެވެ. އަދި ލައިވްކުރި ލަކީޑްރޯ މި ލިންކުން ބަލައިލެވޭނެ އެވެ.

ރެޑްވޭވްއިން ބުނީ މިއަހަރުގެ ރެޑްވޭވް ރޯދަސޭލްއަކީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުހީބު ލިބިގެންދިޔަ ޕްރޮމޯޝަނަކެވެ. އަދި މިހާރު ޔޫރޯއާއި ދިމާކޮށްގެން ކުރިއަށްގެންދާ ހައިސެންސް ޕްރޮމޯޝަން ފަދަ އިތުރު ޕްރޮމޯޝަންތައް ކުރިއަށް ރާވާފައިވާ ކަމަށް ރެޑްވޭވުން ބުނެ އެވެ.

comment ކޮމެންޓް