ގިރިފުށި ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް ހަވާލުކޮށްފި

ގިރިފުށި ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް ހަވާލުކުރުން-- ފޮޓޯ/އެމްޓީސީސީ

ކ. ގިރިފުށީގެ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ކޮމަޑާންޓް އޮފް ސާވިސް ކޯ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

މި މަޝްރޫއުގެ ދަށުން 314 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީއިން ކުރާނެ އެވެ.

މި މަޝްރޫއުގެ އަގަކީ 18.35 މިލިއަން ރުފިޔާ އެވެ. އަދި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 145 ދުވަހުގެ މުއްދަތެކެވެ.

comment ކޮމެންޓް