ގެނބެމުން ދިޔަ އާއިލާއެއް ސަލާމަތްކުރި ދެ ފުލުހުންނަށް ތައުރީފު

ގެނބެމުން ދިޔަ އާއިލާ އެއް ސަލާމަތްކުރި ދެ ދިވެހި ފުލުހުންގެ އަގު ވަޒަންކޮށްފި އެވެ.

އިންޑިއާގެ ލަކްޝަދީޕުގައި ޓްރެއިނިން އެއް ފުރިހަމަ ކުރަމުންދިޔަ އެ ދެ ދިވެހި ފުލުހުންގެ އަގު ވަޒަންކޮށްފައިވަނީ، ލަކްޝަދީޕުގެ އާއިލާއެއް ގެނބެމުން ދަނިކޮށް އެ މީހުން ސަލާމަތް ކުރުމުންނެވެ.

ހަތަރު މީހުންގެ އެ އާއިލާގައި ދެ ކުޑަކުދިންވެސް ހިމެނެ އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އިންޑިއާގެ ދަ ސަރުދާރު ވައްލާބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކެޑަމީ ގައި އައިޕީއެސް ޓްރެއިނިން ފުރިހަމަކުރަމުންދާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު އަބްދުލް އަޒީޒާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ނާޒިމްގެ ހިތްވަރު ފާހަގަކުރާ ކަމަށެވެ.

ސަރުދަރު ވައްލާބީ ނޭޝަނަލް ޕޮލިސް އެކެޑަމީ އިންވެސް ވަނީ އެ ދެ ދިވެހި ފުލުހުންގެ ހިތްވަރާއި އަގު ވަޒަން ކޮށްފަ އެވެ.

comment ކޮމެންޓް