ދަގަނޑޭ ކޮވިޑަށް ނެގެޓިވް، އަލުން ޓީމާ ގުޅެނީ

ދަގަނޑޭ -- ފޮޓޯ/ އެފްއޭއެމް

ގައުމީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަލީ އަޝްފާގު ކޮވިޑަށް ނެގެޓިވްވެ، ކުރިއަށް އޮތް ވޯލްޑްކަޕް ކޮލިފައިންގ މެޗުތަކުގައި ކުޅުމަށް އަލުން ގައުމީ ޓީމާ ގުޅޭނެ ކަމަށް ބުނެފި އެވެ.

ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވީ ދުބާއީގެ ޓްރެއިނިންތައް ނިންމާ ޗައިނާއަށް ފުރުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރުމުންނެވެ. ނަތީޖާ ޕޮޒިޓިވްވުމާ އެކު އޭނާ ވަނީ ދުބާއީގައި ކަރަންޓީނުވެފަ އެވެ.

ދަގަނޑޭ މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު ކުރި ޓެސްޓުތަކުން ކޮވިޑަށް ނެގެޓިވްވެފައިވާ ކަމަށާއި، މާޑަމާ ގައުމީ ޓީމާ ގުޅޭނެ ކަމަށެވެ.

އަޝްފާގު ދުބާއީއަށް ދިއުމުގެ ކުރިން ވެސް ވަނީ އޭނާ އަންހެނުން ޕޮޒިޓިވް ވެގެން އެކަހެރިވެފަ އެވެ. އެކަމަކު އޭރުގެ ނަތީޖާ ނެގެޓިވްވުމުން ފަހުން އަނެއްކާވެސް ކޭމްޕާއި ގުޅުނީ އެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކޮލިފައިން ގައި މިރޭ ރާއްޖޭގެ ގައުމީ ޓީމު ނުކުންނާނީ ސީރިއާ އާ ދެކޮޅަށެވެ.

comment ކޮމެންޓް