ޖޫން 10ގެ ކުރިން ހިއްސާގެ ފައިދާ ޖަމާކޮށްދޭނެ: އެސްޓީއޯ

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ :އެސްޓީއޯ

އެސްޓީއޯ އަށް 2020 ވަނަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާ ދާރުންނަށް ބަހަން ނިންމި ހިއްސާގެ ފައިދާ މި މަހުގެ 10ގެ ކުރިން ހިއްސާދާރުންގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 60 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

އެސްޓީއޯ އިން ބުނީ 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް މިހާރު ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކުގެ ބޭންކު އެކައުންޓަށް، ޑިވިޑެންޑު ޖަމާކޮށްދެވޭނެ ކަމަށެވެ.

ހިއްސާދާރުގެ ބޭންކް އެކައުންޓް ކުންފުނީގައި ރަޖިސްޓަރީކޮށްފައި ނުވާ ހިއްސާދާރުން "ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، [email protected] އީމެއިލް އެޑްރެހަށް ފޮނުވުމަށް ވެސް އެސްޓީއޯ އިން އެދެއެވެ. އަދި ފޯމް ހުށަހަޅާތާ ހަފްތާއެއްގެ ތެރޭގައި ހިއްސާގެ ފައިދާ ޖަމާކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް