ޖުލައިން އިން ފެށިގެން ފަތުރުވެރިންނަށް ޕުކެޓް ހުޅުވާލަނީ

ޖުލައި 1 އިން ފެށިގެން ތައިލެންޑުގެ ޕުކޭޓް ފަތުުރުވެރިންނަށް ހުޅުވާލަން ވަނީ ނިންމާފައި --

ޖުލައި އެއްވަނަ ދުވަހުން ފެށިގެން ތައިލެންޑުގެ ޕުކެޓް ފަތުރުވެރިންނަށް ހުޅުވާލަން ނިންމައިފި އެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު ޕުކެޓު، ޓޫރިޒަމަށް ހުޅުވާލާއިރު ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށާއި ކޮވިޑް ނެގެޓިވް ނަތީޖާ ހުށަހަޅާ މީހުންނަށް އެ ސިޓީ އަށް އެތެރެވެވޭނެ އެވެ. މީގެ އިތުރުން ކޮވިޑް ޖެހި ރަނގަޅުވިތާ 90 ދުވަސް ހަމަނުވާ މީހުންނަށްވެސް ޕުކެޓަށް އެތެރެ ވެވޭނެ އެވެެ.

ނަމަވެސް އިންޑިއާގެ ފަތުރުވެރިންނަށް ތައިލެންޑަށް އެތެރެވުމުގެ ހުއްދަ އެއް މިވަގުތު ނެތެވެ.

ޕުކެޓު ޕްރޮވިންސް، ފަތުރުވެރިންނަށް ހުޅުވާލަން ނިންމާފައިވާއިރު، ސެންޓާ ފޯ އިކޮނޮމިކް ސިޗުއޭޝަން އެޑްމިނިސްޓްރޭޝަން އިން ނިންމާފައިވަނީ ޕުކެޓް އަށް ދާ ފަތުރުވެރިން އިތުރު ސަރަހައްދަކަށް ދަތުރުކުރުމުގެ ކުރިން ހަތް ދުވަސް ޕުކެޓުގައި މަޑުކުރަން ޖެހޭ ގޮތަށެވެ. އަދި އެ މުއްދަތުގައި ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މިއީ ތައިލެންޑުގެ ޓޫރިސްޓު ޑެސްޓިނޭޝަންތައް ބައިނަލްއަގުވާމީ ފަތުރުވެރިކަމަށް އަލުން ހުޅުވާލުމުގެ ފުރަތަމަ ފިޔަވަޅެވެ. އަމާޒަކީ ވާދަވެރި އެހެން މާކެޓުތަކާ ވާދަކުރުން ކަމަށް ތައިލެންޑުގެ ޓޫެރިޒަމް އޮތޯރިިޓީ އިން ވަނީ ބުނެފަ އެވެ.

ކޮވިޑް19 އާއި ގުޅިގެން މިދިޔަ އަހަރުގެ ތެރޭ ތައިލެންޑުގެ ބޯޑަރު ބަންދުކުރި ފަހުން ފަތުރުވެރިކަމަށް އެ ގައުމު ހުޅުވާލައިފަ އެއް ނުވެއެވެ. ތައިލެންޑުގެ އިގްތިސޯދުގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީ ފަތުރުވެރިކަމުގެ ހަރަކާތްތަކެވެ. 2019 ވަނަ އަހަރު ތައިލެންޑަށް 40 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވެއެވެ. އަދި 2020 ވަނަ އަހަރު، ކޮވިޑް19 ފެތުރެން ފެށުމާއި ހަމައަށް ހަ މިލިއަން ޓޫރިސްތުން ޒިޔާރަތްކޮށްފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ.

comment ކޮމެންޓް