އާންމު ދިރިއުޅުމުގައި ލައިގެން ހުންނަ ގަމީހާއި ހެދުންތަކުން ރޮދި ކަނޑައިގެން ދިއުމަކީ އާންމު ކަމެކެވެ. ގިނަ ފަހަރަށް ވާ ގޮތަކީ ރޮދި ޖަހާލަން މަސައްކަތަށް އެގަމީހެއް ނުވަތަ ހެދުމެއް އެއްލައިލެވެނީ އެވެ. ނުވަތަ ދެން ބޭނުން ނުކުރަނީ އެވެ. ކޮންމެ ގެއެއްގައި ފަހާފޮށްޓަށް ނެތުމަކީ ވެސް ވެދާނެ ގޮތެކެވެ. އެހެން ނަމަވެސް ގޯލްޑަން ގޭޓުން ވަނީ ސައިޒުން ކުޑަ އަދި ޖީބަށް ލުއި ދެ މޮޑެލްއެއްގެ ގޮތްހަދާ ފަހާފޮށި މާކެޓަށް ނެރެފަ އެވެ.
ޔޫއޭއީގެ މަޝްހޫރު ސުޕަ ޖެނެރަލް ބްރޭންޑުގެ މި ފަހާފޮށީގެ ދެ މޮޑެލްގެ ވެސް އެންމެ އަޅައިގަންނަ ސިފަޔަކީ ފަހާފޮށީގެ ސައިޒެވެ. އަތަށް ލުއި މި ފަހާފޮށި ކިތަންމެ ކުޑަ ނަމަވެސް، މިއީ ކޮންމެ މީހަކަށް ވެސް ބޭނުންކުރަން ފަސޭހަ އަދި ގިނަ ކަންކަން ކޮށްލެވޭ ފަހާފޮއްޓެކެވެ.
އޭގެ ތެރޭގައި؛
- ހައި، ލޯ ސްޕީޑް ހިޔާރު ކުރެވޭ
- ދެކޮޅަށް ރޮދި ޖެހުން
- އޮޓަމެޓިކްކޮށް ރޮދި އޮޅާލެވޭ
- ބަރަނި އަޅާނެ ވަތްގަނޑެއް އެކުލެވޭ
- ޕެޑަލް އަދި ބުރުން ރޮދި ޖަހާލެވޭ
މީގެ އިތުރުން މި ފަހާފޮށި ބޭނުންކުރަން އިތުރަށް ފަސޭހަ ކޮށްދިނުމަށް ޓަކައި ބޮތްކަކާއި ރޮދި ބުރިކުރެވޭނެ ގޮތްވެސް މީގައި ހިމަނާފައިވެ އެވެ.
ދެ ވަނަ މޮޑެލްގެ ފަހާ ފޮށީގައި ވެސް އަތަށް ލުއި އަދި އެއްތަނުން އަނެއް ތަނަށް ގެންދަން ފަސޭހަ އެއްޗަކަށް ވުމުގެ އިތުރަށް ގަމީސް އަދި ޖިންސު ފަދަ އަންނައުނުން ކަނޑައިގެންދާ ރޮދި ޖަހާލެވެ އެވެ. އަދި ޑެނިމް ފޮތީގެ ހަތަރު ފަށަލައިގައި އެއްފަހަރާ ރޮދި ޖަހާލުމުގެ ގާބިލުކަން ވެސް މި ފަހާފޮއްޓަށް ލިބިގެންވެ އެވެ.
މިއީ މުޅިން އަލަށް ފަހަން ދަސްކުރާ ފަރާތްތަކަށް ވެސް ގެންގުޅެން ފަސޭހަ ފަހާފޮށިތަކެކެވެ. ގޯލްޑަން ގޭޓުން އެ ދެ މޮޑެލްގެ ފަހާފޮށިތައް ވެސް ނޫ ކުލައާއި ފިޔާތޮށި ކުލައިގެން ގަންނަން ލިބެން ހުންނާނެ އެވެ.
ގޯލްޑަން ގޭޓުން ވިއްކާ ދެ މޮޑެލްގެ ފަހާފޮށީގެ ތެރެއިން އެއް ވައްތަރުގެ ފޮއްޓެއްގެ އަގަކީ 690 ރުފިޔާ އެވެ. އަދި އަނެއް މޮޑެލްގެ ފަހާފޮށީގެ އަގަކީ 990 ރުފިޔާ އެވެ.
ގޯލްޑަން ގޭޓަކީ ބާޒާރުގައި ލިބެން ހުންނަ އެންމެ ދަށް އަގުތަކުގައި އަބަދުވެސް މުދާ ވިއްކާ ފިހާރައެކެވެ. އެތަނުން ވިއްކާ ހުރިހާ މުދަލެއް، ގޯލްޑަން ގޭޓުގެ ވެބްސައިޓު މެދުވެރިކޮށާއި ވައިބާ ނަމްބަރު 7954747 މެދުވެރިކޮށް އޯޑަރު ދެވޭނެ އެވެ. އަދި އެތަނުން ގަންނަ ހުރިހާ މުދަލެއް ވެސް ގޭބިސީތަކާއި ބޯޓުފަހަރަށް ޑެލިވަރީކޮށްދޭނެ އެވެ.