އުރީދޫ ސައިކަލު ޕްރޮމޯޝަން: ރެބެލް 300 ހިމެނޭ ގޮތަށް، ބާކީ 5 ސައިކަލު

އުރީދޫ ސައިކަލު ޕްރޮމޯޝަން: ރެބެލް 300 އާއެކު ބާކީ 5 ސައިކަލު -- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ, ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަންގައި 25 ނަސީބުވެރިން ހޮވާފައިވާކަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

މި ޕްރޮމޯޝަނަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23އިން ފެށިގެން އުރީދޫއިން ތައާރަފުކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި ކޮންމެ ތިން ދުވަހަކުން އެއް ސައިކަލު ދެމުން އަންނައިރު، މި ޕްރޮމޯޝަން ނިމޭއިރު 30 ސައިކަލު ނަސީބުވެރި ފަރާތްތަކަށް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދަނީ މިމަހުގެ ނިޔަލަށެވެ.

އުރިދޫއިން ބުނީ އިތުރު ފަސް ސައިކަލެއްގެ ނަސީބުވެރި ފަރާތް ހޮވަން އޮތްއިރު، ކަސްޓަމަރުންނަށް އަދިވެސް މި ޕްރޮމޯޝަންގައި ބައިވެރިވެ، އިނާމު ހޯދުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ބާކީ ހުރި ސައިކަލުތަކުގެ ތެރޭގައި:

  • އެއާބްލޭޑް 160 - ސްޓޭންޑަޑް އެޑިޝަން
  • އެއާބްލޭޑް 125 - ސްޓޭންޑަޑް އެޑިޝަން
  • ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު - ޕީސީއެކްސް 160
  • މުޅި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު - 2024ގެ ރެބެލް 300

އުރީދޫއިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • އުރީދޫ ކަސްޓަމަރެއްނަމަ ފާއިތުވި 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
  • އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
  • އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.

އެ ކުންފުނިން ބުނީ މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. މީގެ އިތުރުން މި ޕްރޮމޯޝަނަކީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ވެސްމެއެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުން އިއުލާނު ކުރަމުންދާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް