މުއިއްޒުގެ ޕްލޭންގެ މުހިންމު ކަންތައްތަކެއް ކައުންސިލުން ފާސްކޮށްފި

މިރޭ މާލޭ ސިޓީ ކަައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ --- ފޮޓޯ/ ސިޓީ ކައުންސިލް

މާލޭ ސިޓީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން މިއަދު ފާސްކޮށްފި އެވެ.

އިއްޔެ މާލޭ ސިޓީގެ މޭޔަރާއި ކައުންސިލަރުން ހުވާކުރެއްވި އިރު މިއަދު ރަސްމީކޮށް މަސައްކަތް ވަނީ ފަށައިފަ އެވެ.

ކައުންސިލުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކައުންސިލުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން މިއަދު މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. ޕްލޭންގައި ހިމެނޭ ބައެއް މުހިންމު ކަންކަން ކުރިއަށް ގެންދަން މިއަދު ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، މިއަދު ނިންމާފައިވާ ކަންކަމުގެ ތެރޭގައި މިހާރުވެސް ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނެ މަގުޗާޓެއް ސަރުކާރާ މަޝްވަރާކޮށްގެން އެކުލަވާލެވި، ދަފްތަރުގައި ޖެއްސުމާ ގުޅޭ އުސޫލުތައް ހަރުދަނާ ކުރެވެންދެން ދަފްތަރުގައި ޖެއްސުން މެނދުކަނޑާލުން ހިމެނެ އެވެ.

ވިލިމާލޭގައި ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށްވެސް މިއަދު ނިންމާފައިވެ އެވެ.

އޭގެ އިތުރުން ގުޅީފަޅަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ތަރައްގީކުރެވޭ ތަނަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންވެސް މިއަދު ފާސްކުރި އެވެ.

އިންޑަސްޓްރިއަލް ވިލެޖަށް އިންޑަސްޓްރިއަލް މަސައްކަތް ކުރާ ގަރާޖުތަކާއި ގުދަން ފަދަ ތަންތަން ބަދަލު ކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރަންވެސް މިއަދު ނިންމާފައިވެ އެވެ.

ފެހިކަން ގެއްލިފައިވާ މާލެ ސިޓީ އަލުން ފެހި ކުރުމަށް، ރައްޔިތުންގެ ބައިވެރިވުމާއި އެކު މާލެ ސިޓީގައި "1 ލައްކަ ގަސް" އިންދުމުގެ ޕްރޮގްރާމެއް ހިންގަންވެސް ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން މަގު ބަންދު ކުރުމަކީ ރައްޔިތުންނާ މަޝްވަރާ ކުރެވިގެން ކުރެވޭ، ގަވައިދެއް ހެދިގެން ކުރެވޭ ކަމަކަށް ހެދުމަށްވެސް މިއަދު ނިންމާފައިވެ އެވެ.

ޓެކްސީ ޑްވަރިވަރުންގެ ޕާކިން ކުލި 3000 ރުފިޔާއިން 750 ރުފިޔާއަށް ކުޑަ ކުރަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ ނިންމުންތަކުގެ އިތުރުން، މިއަދު ސިޓީ ކައުންސިލުން ވަނީ ކައުންސިލަރުންނަށް އެކި ޒިންމާތައް ހަވާލު ކުރަން ނިންމައިފަ އެވެ. އަދި އިދާރީ އޮނިގަނޑު ފާސްކޮށް، އެ އޮނިގަނޑާ އެއްގޮތަށް މަސައްކަތް ގެންދަން ކޮމިޓީތަކެއް ވަނީ އެކުލަވާލައިފަ އެވެ.

އޭގެ އިތުރުން ކައުންސިލުގެ ހުރިހާ ހިދުމަތްތައް ހުޅުމާލޭގައިވެސް އަދި ވިލިމާލޭގައިވެސް ދެވޭ ގޮތަށް ދެ އަވަށުގައިވެސް ޑިޕާޓްމެންޓުތައް އުފައްދަން ނިންމާފައިިވެ އެވެ.

މިއަދު ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ، ކައުންސިލުގެ މަސައްކަތްތައް ހިންގުމުގައި ޓެކްނިކަލް ކަންކަމުގައި ނިންމުންތައް ނިންމާނެ އާކިޓެކްޓުންނާއި، އިންޖިނިއަރުންނާއި، ޕްލޭނަރުން ފަދަ މުވައްޒަފުންގެ ކައުންސިލަށް ނަގަން ނިންމާފައިވާ ކަމަށެވެ.

މުއިއްޒުގެ އެކްޝަން ޕްލޭނުން ވެރިރަށް ބަދަލުކޮށްލެވޭނެތަ؟

comment ކޮމެންޓް

comment ހަނދާން

4 year 10 month ago

މުއީދު މިނިސްޓަރަކަށް ހުރިއިރު ރަށްތަކުގައި އުޅޭ މީހުން ވެސް ދަފްތަރުގަ ޖައްސައި ފްލެޱް ދީފައިވާނީ ، ޕާޓީއަށް ބޯގިނަކުރަންވެގެން ، ޕާކިން ކުލި ވެސް ،ބޮޑު ކުރީ މިކަލޭގެ ، މީހާރު އެދައްކާ ހުރިހާ ކަމެއް ވެސް މީނާ މިނިސްޓަރަކަށް ހުރިއިރު ކުރީ އެމީހަކު ކެނޑި ކަނޑުލެއްގެ ހިތި ފިލުވަން ޖެހޭނީ އެމީހަކު

comment ހުސައިން

4 year 10 month ago

ކިޔަވައިގެން ތިބޭ މީހުން ތަންތަނަށް އިންތިޚާބު ކުރީމާ ރަނގަޅު ވާނެ. އައްޑޫ މީހުން އަދިވެސް ތިބޭ ޕާޓީ ވިއްޔާ އަލިފް ނޭގުނަސް މަޤާމު ތަކުގައި ބައި ތިއްބައިގެން.

comment ހަސަނު

4 year 10 month ago

މުއިއްޒުގެ އެކްޝަން ޕްލޭނުން ވެރިރަށް ބަދަލުކޮށްލެވޭނެ އިންޝާﷲ.

comment އިއްބެ

4 year 10 month ago

މިއީޒު ކަމެއްކުރަންޏާ މިކަމްކަންކަންމަތީ އެއްވެސް ކަމެއްނުކޮއްއެހެމްމީހުމްގެ މުދަލައްއަނިޔާކޮއް ގިނަވެގެން އުޅޭމީހު އެމީހެއްގެއަމިއްލަރަށައްފޮނުވާލާ ފުލުހުންވެސް ރަށެއްގަ ބަލާބޮޑުހެންމީހަކުއުޅެންޏާ މާލެގެނެސްދޫކޮއްލަނީ މިކަންތަންކޮޅެއްހަރުދަނާގޮތެއްގަ ކޮޅެއްގަ ޖެހޭތޯބަލާދެއްވާ ހަމައެކަނީ މިސްކިތައްދާ މީހުންނެއްނެއްނޫން މިމީހުންގެ ހަރުކަށިކަމާ ޖާހިލްކަން އިންތިހާއައްބޮޑު މިހާއުޅެވޭކަންނެެް އެހެންނޫނީ ސިކިއުރިޓީއާ ރަނޣަޅު ގެއެއްހަމަޖަެްސާދީ އަހަރެމެން ގަންނަކޮންމެއރއްޗަކުން 6 ކޮންމެ ރީލޯޑަކުން 6 ސަރުކާރައްދިނުމުގެބޭނުމެއަކޮބާ މިލުބެނީ 8000 ރުފިޔާ އޭގެން2000 ޓެކުސް މީކޮންގަދަ މުސީބާތެއްތަ