ކޮވިޑު19 ގެ ބަލިމަޑުކަމާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފި އެވެ. މީގެ ކުރިން ހިތަށްވެސް ނުގެންނަފަދަ ބޮޑެތި ބަދަލުތައް ދިރިއުޅުމަށް މި ދަނީ އަންނަމުންނެވެ. ވަޒީފާ އަށް އޮފީހަށް ނިކުތުމުގެ ބަދަލުގައި ރައްކާތެރިކަމުގެ ސަބަބުތަކަށްޓަކާ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން މިޖެހެނީ ގޭގަ އެވެ. ދަރިންގެ ސްކޫލު ދައުރުގެ ދެ އަހަރު ގާތްގަނޑަކަށް އެ ހޭދަކުރަނީ ގޭގަ އެވެ. ދިރިއުޅުމާ ގުޅުންހުރި އިޖުތިމާއީ އެތައް ކަމެއް ސްކޫލު މާހައުލުން ދަސްވި ނަމަވެސް މިހާރު ހާލަތު ބަދަލުވީ އެވެ. ގާތްތިމާގެ މީހުންނާއި އެކުވެރިންނާ ބައްދަލުވެ އުޅުން މަޑުޖައްސާލަން ވެސް ޖެހިއްޖެ އެވެ.
އެހެންނަމަވެސް ގޭގައި އިނދެވެސް އޮފީސް މަސައްކަތް ކޮށް، ، ކްލާހަށް އެޓެންޑުވެ، ދުރު ގާތްކޮށްދީ ގުޅުން ބަދަހި ކޮށްލަން މިހާރު އަހަރެމެންގެ އެންމެ ގާތް އެކުވެރިއަކީ ޒޫމް ނޫނީ ގޫގުލް މީޓް އެވެ. އޮފީހުގެ މީޓިންތަކަށް މައިކްރޯސޮފްޓް ޓީމްސް އެވެ. އާއިލީ އަދި އެކުވެރިންގެ ވައިބާ ގުރޫޕު ނޫނީ ޓެލެގްރާމް، ވަޓްސްއެޕް ގުރޫޕުގައި ކޮށްލާ މެސެޖުތަކާއި ފޮނުވާލާ އޯޑިއޯ ކޮޅުތަކެވެ.
ދިރިއުޅުމަށް އައިސްފައިވާ ކުއްލި މި ބަދަލާއެކުވެސް މަސައްކަތްތައް ހުއްޓަނުލާ ކުރިއަށް މި ދަނީ މުވާސަލާތީ ދާއިރާ އަށް އައިސްފައިވާ ކުރިއެރުންތަކުގެ ސަބަބުންނެވެ. ބަލިމަޑުކަމުގެ މި ހާލަތުގަައި އެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރައްޔިތުންގެ ދިރިއުޅުމަށް ލުޔެއް ހޯދައި ދިނުމަށް މުވާސަލާތީ ދާއިރާ އިން އެ ދަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ.
މުވާސަލާތީ ދުވަސް މިއަދު ފަހަގަ ކުރާއިރު މި އަހަރުގެ ތީމުގެ ގޮތުގައި ކަނޑައަޅާފައިވަނީ "އެކްސެލެރޭޓިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އިން ޗެލެންޖިން ޓައިމްސް" މި ތީމެވެ.
ކޮވިޑުގެ މި ހާލަތުގައި ދިރިއުޅުން "ޑިޖިޓަލައިޒް" ކުރަން މަޖުބޫރު ވެފައިވާ މި ހާލަތުގައި ކަސްޓަމަރުންގެ އެންމެ ގާތުގައި އޮތް ކުންފުންޏަކީ ދިރާގެވެ. މި ހާލަތުގައި ނެޓްވޯކަށް ބާރުބޮޑުވިޔަ ނުދީ، ކަސްޓަމަރުންނަށް ދޭ ހިދުމަތަށް ބުރޫ އެރިޔަ ނުދިނުމަށް ދިރާގުން ވަނީ އެ ކުންފުނީގެ ކަވަރޭޖު ފުޅާކޮށް އެންހޭންސް ކޮށްފަ އެވެ. އިންޓަނެޓުގެ ހިދުމަތާއި އޮންލައިންކޮށްދޭ އެހެން ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އޮންލައިން ސޮލިއުޝަންތަކެެއްވެސް ދިރާގުން ވަނީ ހޯދައިދީފަ އެވެ. އޭގެ ތެރޭގައި ވިޔަފާރިތަކަށް ހާއްސަ ސޮލިއުޝަންތައްވެސް ހިމެނެ އެވެ.
· އީކޯސިސް: މިއީ ހޮސްޕިޓަލިޓީ ސިނާއަތަށް އަމާޒުކޮށްގެން ކޮންމެހެން ބޭނުންވާ "މިޝަން ކްރިޓިކަލް" ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭ ނިޒާމެކެވެ. ރިސޯޓުތަކަށް ހާއްސަ މި ޕްލެޓްފޯމަކީ އިތުރު ރައްކާތެރިކަމާއިއެކު، އޮޕަރޭޝަންސް މެނޭޖްކުރަން ފަސޭހަވާނެހެން ޑިވެލޮޕްކޮށްފައިވާ ޕްލެޓްފޯމެކެވެ.
· ވޫހޫ: މިއީ ކޮންޓެކްޓްލެސް ޑިޖިޓަލް ވޮއިސް އެސިސްޓެންޓެކެވެ. ހޮސްޕިޓަލިޓީ ދާއިރާ އަށް ހާއްސަ މި ޑިޖިޓަލް ސޮލިއުޝަން އަކީ އޭއައި އެސިސްޓެންޓުންގެ ސްޕީކަރުން ގެސްޓުންނަށް ފަސޭހަކަމާއެކު ޑިވައިސްއާ ވާހަކަ ދައްކައިގެން ނުވަތަ ވޮއިސް ކޮމާންޑް މެދުވެރިކޮށް ބޭނުންވާ ކަންތައްތައް ކުރެވޭ ހިދުމަތެކެވެ.
· އީވާރް: އާލީ ވޯނިން، އެލާޓް އެންޑް ރެސްޕޮންސް (އީވާރް) އަކީ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ގައިގެ ފިނިހޫނުމިން ބެލޭނެ މާސް ސްކްރީނިން ސޮލިއުޝަން އެކެވެ.
ވިޔަފާރިތަކަށް ހާއްސަ މި ސޮލިއުޝަންތަކުގެ އިތުރުން ދިރާގުގެ އެހެން ކަސްޓަމަރުންނަށް ވެސް ދިރާގުން ވަނީ ލުއި ގޮތްތަކެއް ހޯދައިދީފަ އެވެ.
ބޮޑު ބަލިމަޑުކަމެއްގެ ތެރޭ ކުރިމަތިވި އެތައް ގޮންޖެހުންތަކަކާއެކު ވެސް ދިރާގުން ވަނީ އެ ކުންފުނީގެ ހިދުމަތް ފުޅާކޮށް ކަވަރޭޖު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ދިރާގުގެ ހަލުވި ފައިބާ ބްރޯޑް ބޭންޑުގެ ހިދުމަތް ރާއްޖޭގެ 87 ޕަސެންޓަށް މިހާރު ފޯރުކޮށްދީފައިވާއިރު، ދިރާގު ޓީވީގެ ހިދުމަތް ވަނީ ރާއްޖޭގެ 77 ޕަސެންޓަށް ފޯރުކޮށްދީފަ އެވެ. މިއީ ފައިބާ ބްރޯޑްބޭންޑު އަދި އައިޕީޓީވީ ހިދުމަތުގެ އެންމެ ފުޅާ ކަަވަރޭޖެވެ. މި ހިދުމަތްތައް ފުޅާ ކުރުމަށް ދިރާގުން މިހާރުވެސް ދަނީމަސައްކަތް ކުރަމުންނެވެ.
ދިރާގު ޓީވީ އަށް އެޑިއު ޒޯނެއް ތައާރަފުކޮށް ގޭގައި ތިބެގެން އޮންލައިން ކޮށް ކިޔަވާ ދަރިވަރުންނަށް ފަސޭހަ ގޮތްތަކެއް ދިރާގުން ވަނީ ހޯދައިދީފަ އެވެ. އެޑިއުޒޯންގައި އައިޖީސީއެސްއީ ކަރިކިއުލަމްގެ މާއްދާތަކާ ގުޅޭ މުހިންމު ކޮންޓެންޓް ހިމެނެ އެވެ. އޭގެ ތެރޭގައި ވީޑިއޯ ފިލާވަޅުތަކުގެ އިތުރުން އޯގްމެންޓެޑް ރިއަލިޓީ ނުވަތަ އޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ގެނެސްދޭ ބައެއް ފިލާވަޅުތައްވެސް ހިމެނެއެވެ.އެޑިއު ޒޯންގައި ހިމަނާފައިވާ ކޮންޓެންޓް ހަދާފައިވަނީ ތައުލީމީ ދައިރާގެ ބޭފުޅުންގެ ލަފާގެ މަތިން ގްރޭޑް 6 އިން 10 އަށް ކިޔަވާ ދަރިވަރުނަށް އަމާޒުކޮށްގެންނެވެ.
ބަލިމަޑުކަމާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަަށް ބޮޑެތި ބަދަލުތަކެއް އައިސްފި އެވެ. އިންޓަނެޓަށް ބަަރޯސާވާން ޖެހޭ މިންވަރު އިތުރުވި އިރު ކަސްޓަރުންގެ އިންޓަނެޓް ޔޫސޭޖު އިތުރުވަމުން ދިޔަ ނިސްބަތަށް ބަލައި ދިރާގުން ވަނީ ފިކްސްޑް ބްރޮޑްބޭންޑު ހިދުމަތް ފުޅާކުރުމުގެ އިތުރުން ކަސްޓަމަރުންނަށް ދޭ އެލަވެންސް އިތުރުކޮށްފަ އެވެ. އެގޮތުން ވިޔަފާރިތަކަށް ހާއްސަ އަދި އާންމުންނަށް ދޫކުރާ ޕެކޭޖުތަކުންވެސް އެލަވެންސް އަށް ހެޔޮ ބަދަލު ގެނެސް އެލަވެންސް އިތުރު ކޮށްފައި ވެއެވެ.
މޮބައިލް ކަސްޓަމަރުންނަށްދޭ ހިދުމަތް އިތުރަށް ރަނގަޅުކޮށް ކަސްޓަމަރުން ބޭނުންވާނެ ފަދަ ހިދުމަތް ފޯރުކޮށްދިނުމަށް ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ޕްރިޕެއިޑް ކޮމްބޯ އާއި އަމިއްލަ ޕޯސްޓްޕެއިޑް ވެސް ދިރާގުން ވަނީ ތައާރަފު ކޮށްފަ އެވެ. އަމިއްލަ ޕޯސްޓްޕެއިޑަކީ ކަސްޓަމަރުންނަށް، ބޭނުން ގޮތަކަށް ކަސްޓަމައިޒް ކުރެވޭނެ ޕްލޭނެކެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، ކަސްޓަމަރުން ބޭނުންވާ ބަދަލުތައް ހިދުމަތްތަކަށް ގެނައުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ޑިޖިޓަލް ދުނިޔެއަކަށް ބަދަލުވަމުންދާ މި ދަނޑިވަޅުގައި އެ ދާއިރާ އިން މީހުން ބިނާކޮށް ތަމްރީނު ކުރުމުގެ މަސައްކަތުގައި ވެސް ދިރާގުން ހިއްސާވެ އެވެ. އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އަންހެންކުދިންނަށް ކޯޑު ކުރަން ދަސްކޮށްދޭ "ގާލްސް ޓު ކޯޑް" ޕްރޮގްރާމް އަކީ ވިމެން އިން ޓެކް އާއި ގުޅިގެން ދިރާގުގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ އެފަދަ ޕްރޮގްރާމެކެވެ.
މީގެ އިތުރުން ސްޕާކްހަބް އާއި ގުޅިގެން ސްޓާޓްއަޕް ވިޔަފާރިތަކަށް ހާއްސަކޮށްގެން ސްޕާކްހަބް ސީޑްސް ޕްރޮޮގްރާމުވެސް ދިރާގުން ވަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންގޮސްފަ އެވެ.
ގޭގައި ތިބޭއިރު މުނިފޫހި ފިލުވައިލުމުގެ ސޮލިއުޝަންވެސް ދިރާގުން އޮތީ ހޯދައިދީފަ އެވެ. ދިރާގުގެ ލައިފްސްޓައިލް އެފް ނައުއެމްވީ އާއި ދިރާގު ޕްލޭ އިން ލައިވް ޓީވީ އާއި ވީޑިއޯ އޮން ޑިމާންޑުގެ ގިނަ ކޮންޓެންޓު ފެންނާނެެ އެވެ. ކަސްޓަމަރުންނަށް ކަމުދާނެ ގިނަ އުފެއްދުުންތައް ވީއޯޑީ އަށް މި ފަހުންވެސް ވަނީ އިތުރުކޮށްފަ އެވެ.
މި ހުރިހާ ކަމަކާއެކު ދިރާގަކީ ދިވެހިންގެ ޑިޖިޓަލް ސޮލިއުޝަނުގެ އެންމެ ގާތް އެކުވެރިޔާ އެވެ. ދިވެހިން އެކަކު އަނެކަކާ ގުޅުވާލަދީ، ޑިޖިޓަލް ދުނިޔޭގެ ތަޖުރިބާ އެންމެ ފުރިހަމަކޮށްދޭން ދިރާގުން އަބަދުވެސް މަސައްކަތް ކުރާނެ އެވެ.