އީދު ދުވަހަށް ހާއްސަކޮށްގެން އެންޒީގެ އޮންލައިން ފިހާރައިން އީދު ހަދިޔާ ފޮނުވޭނެ ހިދުމަތެއް ތައާރަފުކޮށްފި އެވެ.
އެންޒީގެ ވެބްސައިޓުގައި "ސެންޑް އަ ގިފްޓް ޓު ޔޯ ލަވްޑް ވަންސް އިން ދިސް އީދު"ގެ ނަމުގައި ތައާރަފުކުރި މި ހިދުމަތަކީ ކޮވިޑްގެ ހާލަތުގައި ތިމާގެ މީހުންނާއި ރަހުމަތްތެރިންނަށް އީދު ހަދިޔާ ބަދަލުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ތައާރަފުކުރި ހިދުމަތެކެވެ.
އެންޒީގެ މާކެޓިން ޓީމުް ބުނީ އެންޒީގެ އީދު ހަދިޔާ ޕެކްގައި މިފަހަރު ހިމަނާފައިވަނީ އެންޒީއިން އެންމެ ފަހުން ތައާރަފުކުރި އައު ހަތަރު ފްލޭވާގެ މަސްދަޅު ކަމަށެވެ. އަދި އޭގެ އިތުރުން އެންޒީގެ ބައެއް އެހެނިހެް އުފެއްދުންތައް ވެސް މި ޕެކުގައި ހިމަނާފައިވެ އެވެ.
މި ގިފްޓް ޕެކްތަކުގެ އަގުތައް އުޅެނީ 200 ރުފިޔާއާއި 300 ރުފިޔާއާ ދެމެދުގަ އެވެ. އަދި އެޑްއޮންގެ ގޮތުގައި ބޭނުން ވައްތަރެއްގެ މަސްދަޅު ކޭހެއް ވެސް ގިފްޓް ޕެކަށް އިތުރުކޮށްލެވޭނެ ކަމަށް އެންޒީއިން ބުނެ އެވެ.
އެންޒީގެ އޮންލައިން ފިހާރައިން އީދު ހަދިޔާ ގަންނައިރު، ހަދިޔާ ރައްދުކުރަން ބޭނުންވާ ފަރާތަށް ދޭން ބޭނުންވާ މެސެޖެއްވެސް ހިއްސާ ކުރެވޭނެ އެވެ.
އެންޒީއިން ބުނީ ކޮވިޑްގެ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް ގޭގައި ތިބި ނަމަވެސް، ވީއެންމެ އަވަހަށް އެންޒީގެ އުފެއްދުންތައް ގެއާ ހަމައަށް ފޯރުކޮށްދެމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އީދު ދުވަހަށް ހާއްސަކޮށްގެން އެންޒީގެ އޮންލައިން ފިހާރައަށް އިތުރުކުރި މި ހިދުމަތް، ސަޕްރައިޒް ހަދިޔާގެ ނަމުގައި އީދުގެ ފަހުންވެސް ލިބޭނެ ކަމަށް އެންޒީއިން ބުނެ އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އެންޒީގެ މިފަދަ އައު ޕްރޮމޯޝަންތައް ފެނިގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.