މަޑިހާ ސަން ބަދިގެ: ޗިލީ ޗިކަން ސަބްމެރިން

ބޭނުންވާނެ ތަކެތި

 • 150 ގްރާމް ކުކުޅު (ކުދިކޮށް ކޮށާފައި)
 • ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް
 • 50 ގްރާމް ކޯންފްލާ
 • 50 ގްރާމް ފުށް
 • ތެލުުމަށް ތެޔޮކޮޅެއް
 • ހިކި މިރުސް
 • 1 ލޮނުމެދުކޮޅު
 • 60 ގްރާމް ޓޮމާޓޯ ސޯސް
 • 50 ގްރާމް ޗިލީ ސޯސް
 • 2 މޭޒުމަތީސަމުސާ ޗިލީ ފްލޭކްސް
 • 1 ސައިސަމުސާ ބަޓަރު
 • 1 ސްލައިސް ޗީޒް
 • 1 ޓޮމާޓޯ (ފޮތިކޮށްފައި)
 • ލެޓިއުސް
 • ސަބްމެރިން ބަނަހެއް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ކޮށާފައި ހުރި ކުކުޅުކޮޅށް ލޮނާއި އަސޭމިރުސް އަޅައި ސީޒަން ކޮށްލާށެވެ. ދެން ކުކުޅުކޮޅަށް ފުށް އަދި ކޯންފްލާ އަޅައި އެއްކޮށްލައި، ތެލުލާށެވެ. ކުކުޅުކޮޅު މުށި ކުލައަށް ބަދަލުވަންދެން ތެލުލާފައި، ދެން ނަގައި އެއްފަރާތުގައި ބަހައްޓާލާށެވެ.

ދެން ޕޭންއެއް ހޫނުކޮށްލާފައި ބަޓަރާއި، ކޮށާފައި ހުރި ލޮނުމެދުކޮޅާއި މިރުސްކޮޅު މީރުކޮށްލާށެވެ. ޕޭންއަށް ޓޮމާޓޯ ސޯސް، ޗިލީ ސޯސް، ޗިލީ ފްލޭކްސް އަޅައި އެއްކޮށްލާށެވެ. އަދި ދއެއަށްފަހު ކުކުޅުކޮޅުވެސް އެއަށް އަޅައި އެއްކޮށްލުމަަށްފަހު އުނދުނުން ޕޭން ނަގާށެވެ.

ދެން ސަބްމެރިން ބަނަސް ފަޅިކޮށްލުމަށްފަހު، ދެ ފަޅިވެސް ގްރިލްގައި ޓޯސްޓް ކޮށްލުމަށްފަހު، ކުރިން ހެދި ކުކުޅުކޮޅާއި، އަދި ލެޓިއުސްއާއި ޓޮމާޓޯ އަދި ޗީޒް ފަށަލަކޮށްލާށެވެ.

comment ކޮމެންޓް