މަޑިހާ ސަން ބަދިގެ: ހެލްތީ ބީފް ރެޕް

ބޭނުންވާނެ ތަކެތި

  • 2 އާޓާ ފުށް ރޮށި
  • 200 ގްރާމް ރޮމެއިން ލެޓިއުސް
  • މެދު ސައިޒުގެ 1 ފިޔާ
  • ޓޮމާޓޯއެއްގެ ފަޅިއެއް
  • 200 ގްރާމް ބީފް ފޮއްޗެއް
  • 1 ގަރކިން
  • 2 މޭޒުމަތީ ސަމުސާ މަޔޮނައިޒް
  • 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
  • ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް
  • 1 މިރުސް ކުދިކޮށް ކޮށާފައި

ތައްޔާރުކުރާނެ ގޮތް

ތަވައެއްގައި ބީފްކޮޅު ރަނގަޅަށް ގްރިލްކޮށްލުމަށްފަހު ނަގާށެވެ. ދެން ލެޓިއުސް، ޓޮމާޓޯ ކެޗަޕް އަދި ގާކިންކޮށް ދިގަށް ކޮށާލާށެވެ.

ބޯތައްޓަކަށް މަޔޮނައިސް، ޓޮމާޓޯ، އަދި މިރުހުގެ އިތުރުން ލޮނާއި އަސޭމިރުސް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު، ފިހެފައިވާ އާޓާފުށު ރޮށި ނަގާފައި އޭގެ މަތީގައި ސޯސްކޮޅު ހާކާލާށޭވެ. ދެން ކުރިން ކޮށި ތަރުކާރީކޮޅު އޭގެ މައްޗަށް އެޅުމަށްފަހު، ގްރިލް ކުރި ބީފްކޮޅުވެސް ލާފައި ރޮށި އޮޅާލާށޭވެ.

ޕޭންމަތީގައި މި ރެޕް އަނެއްކާވެސް ހޫނުކޮށްލާށެވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް