މަޑިހާ ސަން ބަދިގެ: ގްރިލްޑް ފިޝް ވިތް އޮރެންޖް ސަލްސާ

ބޭނުންވާނެ ތަކެތި

މަސް ތައްޔާރު ކުރުމަށް

  • 1 މަސް
  • 2 ސަމުސާ ލުނބޯ ހުތް
  • ރަހަލާވަރަށް ލޮނާއި އަސޭމިރުސް
  • 1 ލޮނުމިދު ކުދިކޮށް ކޮށާފައި
  • 1 ސަމުސާ މިކްޑް ހާބްސް

ސަލްސާއަށް

  • 1 އޮރެންޖް
  • ޓޮމާޓޯ ފަޅިއެއް
  • 2 ފިޔާ ކުދިކޮށް ކޮށާފައި
  • 1 ފެހި މިރުސް ކުދިކޮށް ކޮށާފައި
  • 2 ހަލަޕީނިއޯ
  • ތާޒާ ކޮރިއެންޑާ
  • 1 ސަމުމާ ލުނބޯ ހުތް
  • 2 ސަމުސާ އޮލިވް އޮއިލް

ތައްޔާރު ކުރާނެ ގޮތް

މަހުގައި ލުނބޯ، ލޮނު، އަސޭމިރުސް، ލުނުމިދު އަދި ހާބްސް އުނގުޅާލާށެވެ. އެއަށް ފަހު ތަވައަކަށްލާ މަސް ފިހެލާށެވެ.

ސަލްސާ ތައްޔާރު ކުރުމަށް އޮރެންޖާއި ފިޔާ ހަތަރެސް ކަނަށް ކުދިކޮށް ކޮށާލާށެވެ. އަދި ތައްޓަކަށް އަޅާށެވެ. ދެން ފިޔާ، މިރުސް، ކޮރިއެންޑާ، ހަލަޕީނިއޯ ހަމަ އެތައްޓަށް އަޅާށެވެ. ދެން ލުނބޯ، އޮލިސް އޮއިލް އަދި ލޮނާއި އަސޭމިރުސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ކުރިން ފިހެލި މަހާއެއްކޮށް ކާލަން މީރުވާނެ އެވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް