މަޑިހާ ސަން ބަދިގެ: ޓޮމާޓޯ ބްރުޝެޓާ

ބޭނުންވާނެ ތަކެތި

  • 1 ޓޮމާޓޯ ކުދިކޮށް ކޮށާފައި
  • 8 ފަތް ތާޒާ ބޭޒިލް
  • 2 ލޮނުމިދު ކުދިކޮށް ކޮށާފައި
  • ފިޔާ ފަޅިއެއް ކުދިކޮށް ކޮށާފައި
  • 1 ތައި ރެޑް ޗިލީ ކުދިކޮށް ކޮށާފައި
  • 1 ސަމުސާ ޓަބަސްކޯ
  • 20 އެމްއެލް ބަލްސަމިކް ވިނެގާ
  • ލުނބޯ ހުތް ފަޅިއެއް
  • ތާޒާ ޕާނެއް ނުވަތަ ސަބްމެރިން ބަން
  • 1 ސަމުސާ ބަޓަރު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ޕާން ފޮތީގެ ދެ ފަލީގައި ބަޓަރު ހާކާލާށެވެ. ދެން ތަވައަކަށް ލައި ޕާން ފޮތިތައް ރަނގަޅަށް ދެފުއް ފިހެލާށެވެ. ޕާން ފޮތިތައް ކުޑަކޮށް ކުލަ ބަދަލުވުމުން ތަވައިން ނަގާށެވެ.

އެއަށް ފަހު ކުދިކޮށް ކޮށާފައި ހުރި ބޭޒިލް، ޓޮމާޓޯ، ލޮނުމިދު، ފިޔާ، އަދި ތައި ރެޑް ޗިލީ ތައްޓަކަށް އަޅާށެވެ. އަދި އޭގެ ތެރެއަށް ވިނެގާ، އޮލިވް އޮއިލް، ލުނބޯ ހުތް އަދި ޓަބަސްކޯ ސޯސްވެސް އަޅާށެވެ. ރަނގަަޅަސް ހުރިހާ އެއްޗެއް އެއްކޮށްލަން ވާނެ އެވެ.

ތައްޓެއްގައި ހުރިހާ ޕާން ފޮތިތައް އަތުރާލުމަށް ފަހު އޭގެ މައްޗަށް ފިލިންގް އަޅާލާށެވެ. އޭރުން އެ ނިމުނީ އެވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް