މާވަށު ކައުންސިލް ރައީސް ހޮވަން މިއަދު ނެގި ވޯޓުން ކުރި ލިބުނީ އެމްޑީޕީ ކެންޑިޑޭޓަށް

އޭޕްރީލް 10، 2021: ގާނޫނީ ބޮޑެތި ބާރުތަކާއެެކު އިންތިހާބު ވާނެ، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ އިންތިހާބު ކުރާ "ލޯކަލް ކައުންސިލް އިންތިހާބު 2020"ގެ ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލ. މާވަށު ކައުންސިލްގެ ރައީސް ހޮވަން މިއަދު ބޭއްވި ވޯޓުލުމުގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަބްދުއްރަހްމާން ކުރި ހޯއްދަވައިފި އެވެ.

މާވަށު ކައުންސިލް ރައީސަކު ހޮވަން ދެވަނަ ފަހަރަށް ވޯޓުލުމަކަށް ދާން ޖެހުނީ މި މަހު 10ވަނަ ދުވަހު އޮތް ކައުންސިލް އިންތިހާބުގައި ދާއިރާއަށް ނިސްބަތްނުވާ މީހަކު މާވަށު ފޮށްޓަށް ވޯޓުލުމުންނެވެ.

އަލުން ވޯޓުލުން ކުރިއަށްގެންދިޔައީ މިހާރު ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ޕީޕީއެމްގެ އަހްމަދު މޫސާއާއި އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުވެސް ކައުންސިލްގެ މެމްބަރުކަން ކުރައްވާ އާދަމް އަބްދުއްރަހްމާންއާ ދެމެދުގަ އެވެ.

އަލުން ބޭއްވި ވޯޓުލުމުގައި އަހްމަދު މޫސާއަށް ލިބިވަޑައިގެންނެވީ 218 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 232 އެވެ.

ދާއިރާއަށް ނިސްބަތްނުވާ މީހަކު ވޯޓުލުމުގެ އިތުރަށް ފުރަތަމަ ބޭއްވި ވޯޓުލުމުގައި އަހްމަދު މޫސާއާއި އާދަމް އަބްދުއްރަހްމާނަށް ލިބުނު ވޯޓުގެ އަދަދުގެ ގޮތުން ވެސް ވަނީ އެއްވަރުވެފަ އެވެ. ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިފައިވަނީ 525 ވޯޓެވެ.

މާވަށު ކައުންސިލް ރައީސްގެ އިތުރުން ދާއިރާއިން ބޭރު މީހަކު ވޯޓުލުމާއެކު އެ ރަށު ކައުންސިލް ދެ މެމްބަރެއްގެ ދެމެދުގައިވެސް އަލުން ވޯޓުލުން ވަނީ ކުރިއަށްގެންގޮސްފަ އެވެ.

ދެވަނަ ފަހަރަށް ވޯޓުލުމަށްފަހު ވޯޓުގެ ނަތީޖާއަށް އައި ބަދަލު އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރެ އެވެ.

comment ކޮމެންޓް