ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

އޭޕްރީލް 10، 2021: ގާނޫނީ ބޮޑެތި ބާރުތަކާއެެކު އިންތިހާބު ވާނެ، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ އިންތިހާބު ކުރާ "ލޯކަލް ކައުންސިލް އިންތިހާބު 2020"ގެ ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި އެވެ.

މިދިޔަ އަހަރު ބާއްވަން ތާވަލު ކުރި ކައުންސިލްތަކުގެ އިންތިހާބު ކޮވިޑްއާ ހެދި ފަސް ކުރުމަށްފަހު ބޭއްވީ މި އަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ބައެއް ރަށްރަށުގެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން އަދި ބައެއް ރަށްރަށުގައި ދާއިރާއިން ބޭރު ބައެއް މީހުން ފޮށިތަކަށް ވޯޓުލާފައިވާތީ އެ ރަށްރަށުގައި އިންތިހާބުގެ ދެވަނަ ބުރެއްވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00ގަ އެވެ.

ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދަނީ ހއ. ތަކަންދޫ، ހއ. އުލިގަން، ނ. މަގޫދޫ، ރ. މާކުރަތު، ބ. ކެންދޫ، ބ. ކިހާދޫ، ވ. ފުލިދޫ، މ. ރަތްމަންދޫ، ފ. ދަރަނބޫދޫ، ލ. ކަލައިދޫ، ލ. މާވަށް، އަދި ތ. ގާދިއްފުށީގަ އެވެ.

ވޯޓުލުން ނިމޭނީ މިއަދު ހަވީރު 4:00ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް