ޓީވީ އެކްޓަރު މޯހިތު އަށް ކުއްޖަކު ލިބިއްޖެ

މޯހިތު އާ އަދިތީ އަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައި---

ސްޓާޕްލަސް އިން ދެއްކި މަގްބޫލު ޑްރާމާ "ކުލްފީ ކުމާރު ބާޖެވާލާ" ގައި ސިކަންދަރުގެ ރޯލު ކުޅުނު އެކްޓަރު މޯހިތު މާލިކު 37، އަށް ކުއްޖަކު ލިބިއްޖެ އެވެ.

މޯހިތު އާއި އޭނާގެ އަނބިމީހާ، ބަތަލާ އަދިތީ މާލިކަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ދަރިފުޅު ވިހޭކަން އިއުލާންކުރަމުން އަދިތީ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ބުނީ ދަރިފުޅު ލިބުމަކީ ބޮޑު ނަސީބެއް ކަމަށާއި ހަޔާތުގެ އާ ދަތުރަށް ތައްޔާރުކަމަށެވެ. އެކްޓަރު މޯހިތު ވެސް ވަނީ އަނބިމީހާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ޕޯސްޓްކޮށްފަ އެވެ.

ދެތަރިންނަށް އަލަތު ދަރިފުޅު ލިބުމާއެކު ދެތަރިންގެ ފޭނުން އަންނަނީ އެމީހުންނަށް މަރުހަބާ ކިޔަމުންނެވެ. މޯހިތު އާ އަދިތީ ދިމާވީ "ބާނޫ މޭ ތޭރީ ދުލްހަން"ގެ ސެޓުންނެވެ. އެ ސެޓުން ރަހުމަތްތެރިކަން އުފެދި އެ ގުޅުން ލޯތްބަށް ބަދަލުވީ އެވެ. ދެތަރިން ކައިވެނިކުރީ 2010 ވަނަ އަހަރު އެވެ.

comment ކޮމެންޓް