މަޑިހާ ސަން ބަދިގެ: ޑީޕް ފްރައިޑް ސްޓަފްޑް ކެޕްސިކަމް

މިއަދު ސަން ބަދިގޭގައި މި ތައްޔާރުކޮށްލަނީ ތަފާތު އެއްޗެކެވެ. މިއީ ތަޖުރިބާކޮށްލަން ރަނގަޅު ޑިޝް އެކެވެ.

ބޭނުންވާނެ ތަކެތި

ކެޕްސިކަމް ތެލުލުމަށް

  • 6 ކެޕްސިކަމް
  • ހޫނު ފެން
  • ތެޔޮ

ކެޕްސިކަމްގެ ތެރެއަށް އަޅާ ތަކެތި ތައްޔާރު ކުރުމަށް

  • 50 ގްރާމް ޓޫނާ
  • 50 ގްރާމް މޭޝްޑް ޕޮޓޭޓޯ
  • 25 ގްރާމް ފިޔާ (ކުދިކޮށް ކޮށާފައި)
  • 1 ލޮނުމެދު
  • ބައި ސަމުސާ ރީނދޫ
  • 1 ސަމުސާ މުގުރި މިރުސް
  • 1 ސަމުސާ ކަރީ ޕައުޑާ
  • 30 އެމްއެލް ތެޔޮ

ތައްޔާރުކުރާނެ ގޮތް

އޮއްނަގާފައި ހުރި ކެޕްސިކަމްތައް އެންމެ ފުރަތަމަ ކެކުމުންދާ ސހޫނު ފެން އެއްޗަކަށް ލާފައި ކުޑައިރުކޮޅެއް ކޮށްލާފައި ނަގާށެވެ. ދެން ކެޕްސިކަޕްތައް ވަގުތުން އައިސް ފެނަށް ލައި، "ކެކުން" ހުއްޓުވާލާށެވެ.

އެއަށް ފަހު ތެޔޮކޮޅު ތަވައެއްގައި ހޫނުކޮށްލުމަށް ފަހު ލޮނުމެދާއި ފިޔާ އަދި މިރުސް މޯޅިކޮށްލާށެވެ. ދެން އޭގެ ތެރެއަށް މުގުރި މިރުހާއި ކަރީ ޕައުޑާ އެޅުމަށް ފަހު އެއްކޮށްލާށެވެ. ދެން ޓޫނާ އަޅާ ދެމިނެޓް ކައްކާލުމަށް ފަހު މޭޝްޑް ޕޮޓޭޓޯ އަޅައި ލޮނު ހެޔޮވަރުކޮށްލާށެވެ. އޭތި ރަނގަޅަށް އެއްކޮށްލަން ވާނެ އެވެ.

މޮޑުނު އަލުވިގަނޑު ކެޕްސިކަމްގެ އެތެރެއަށް އަޅާށެވެ.

އެއަށް ފަހުން ފުށާއި ބިސް އަދި ފެން ބޭނުންކޮށްގެން ބެޓާ ތައްޔާރު ކުރާށެވެ. ދެން ސްޓަފް ކޮށްފައި ހުރި ކެޕްސިކަމް ބެޓާއަށް ލުމަށް ފަހު ނަގައި ފާރޮށި ކުނޑި އުނގުޅާލާށެވެ. އަދި ތެޔޮ ކަނޑަށްލައި ރަނގަޅަށް ތެލުލާ ލާށެވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ

comment ކޮމެންޓް