ދަނބިދޫ ވެސް ބަންދުކޮށްފި

ލ. ދަނބިދޫ

ކޮވިޑް19 ގެ ކޭސްތަކެއް ފެނި ލ. ދަނބިދޫ ވެސް މޮނީޓަރިން އަށް ލައިފި އެވެ.

ދަނބިދޫ އިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެ އަތޮޅު މާންދޫ، ގަން އަދި ފޮނަދޫ ވެސް އޮތީ މޮނީޓަރިން ގައެވެ.

ދަނބިދޫ އިން ދެ މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ މީހުންނަކީ މަންދޫ ކްލަސްޓާ އާއި ގުޅުން ހުރި ބަޔެކެވެ. އެރަށުން ބަލި ޖެހިފައި ތިބި ބަޔަކު ފެނުމާއެކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން އެ ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.

ދަނބިދޫ އާއެކު މިހަރު 23 ރަށެއް އޮތީ މޮނީޓަރިންގަ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާއިރު ރޭގެ ނިޔަލަށް ޖުމްލަ 28،588 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

މިވަގުތު 4،009 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 71 މީހަކު ވަނި ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް