ވެލިގާ އަދި ބްލަންކް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

ވެލިގާ އަދި ބްލަންކް ފިހާރަތަކުން ކުރިއަށް ގެންދިޔަ ރޯދަ ސޭލްގެ އެއްވަނަ ނަސީބުވެރިޔާއަށް ވައުޗަރު ހަވާލުކުރުން -- ފޮޓޯ/ ވެލިގާ

ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ފިހާރަތަކުން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައި އިނާމު ހަވާލުކޮށްފި އެވެ.

ރޯދަ ސޭލްގެ ނަސީބުވެރިން ހޮވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެޔެ އެވެ. ނަސީބުވެރިންނަށް އިނާމު ހަވާލުކުރީ އިއްޔެ އެވެ.

މުޅި ޕްރޮމޯޝަން އެއް ވަނައަށް ހޮވުނު ފަރާތަށް 50,000 ރުފިޔާގެ ވައުޗަރެއް, ދެ ވަނައަށް 30,000 ރުފިޔާގެ ވައުޗަރެއް އަދި ތިންވަނައަށް ހޮވުނު ފަރާތަށް 20,000 ރުފިޔާގެ ވައުޗަރެއް ވަނީ ދީފަ އެވެ. ވައުޗަރު ބޭނުން ކޮށްގެން ވައުޗަރުގެ އަދަދަށް ވެލިގާގެ ފިހާރަތަކުން ވިޔަފާރި ކުރެވޭނެ އެވެ.

އޭގެ އިތުރުން ނަސީބުވެރި 10 ފަރާތެއް ވެސް ވަނީ ހޮވައިފަ އެވެ. އެ ފަރާތްތަކަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ޓީވީ, ކޮފީ މެޝިން, ލެޕްޓޮޕް, މެޓާބޯ ޓޫލް ސެޓް، ހޯމްޑެކޯ ޕެކް ފަދަ އިނާމުތައް ހިމެނެ އެވެ.

ވެލިގާ އަދި ބްލަންކް ފިހާރަތަކުން ކުރިއަށް ގެންދިޔަ ރޯދަ ސޭލްގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން -- ފޮޓޯ/ ވެލިގާ

ވެލިގާ އިން ބުނީ، އެހެން ޕްރޮމޯޝަންތަކާ އެއްގޮތަށް، ރޯދަ ސޭލް އަށް ވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ކުރިއަށް ވެސް އިތުރު ޕްރޮމޯޝަންތަކެއް ރޭވިފައި ހުރި ކަމަށެވެ.

މާޗު 15 އިން ފެށިގެން އޭޕްރީލް 20ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ރޯދަ ސޭލްގައި 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދީފައިވެ އެވެ. އަދި ޕްރޮމޯޝަން މުއްދަތުގައި ކުރި ކޮންމެ 100 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ވަނީ ދޫކޮށްފަ އެވެ.

ވެލިގާ އިން ބުނީ، އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އޮންލައިން ކޫޕަން ސިސްޓަމެއް ބޭނުން ކޮށްގެން ކަމަށެވެ.

ޕްރޮމޯޝަންގެ ކަންކަން ކުރިއަށް ދިޔަ ގޮތާއި، ނަސީބުވެރިން ހޮވުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ވެސް މިނިވަން އޮޑިޓް ކުންފުންޏަކުން ބަލާ ރިވިއު ކުރި ކަމަށް ވެލިގާ އިން ބުންޏެވެ.

comment ކޮމެންޓް