މަތިވެރިން ދަތުރުކުރި ބަޔަކު ޕޮޒިޓިވްވެ ހަނިމާދޫ މޮނީޓަރިން އަށް

ހދ. ހަނިމާދޫ ---

އއ. މަތިވެރިން ހދ. ހަނިމާދުއަށް ދަތުރު ކުރި ބަޔަކު ޕޮޒިޓިވްވެ ހަނިމާދޫ މޮނީޓަރިން އަށް ލައިފި އެވެ.

ހަނިމާދޫ ކައުންސިލުން ބުނީ ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު މަތިވެރިން އެ ރަށަށް ދިޔަ ދެ މީހަކު ކަމަށެވެ. އެ މީހުން ޕޮޒިޓިވްވި ކަން އެނގުނީ މަތިވެރިން އިއްޔެ ކޮވިޑު ކޭސްތަކެއް ފެނި އެ ރަށް މޮނިޓަރިން އަށް ލުމުން އެ ރަށުން ދަތުރު ކުރި މީހުން ދެނެގަނެ ހެދި ޓެސްޓުތަކުން ކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ.

"އެމީހުން ރަށަށް އައި އިރު ކަރަންޓީނު ވާން ނުޖެހޭ. އޭރު މަތިވެރި ވެސް އޮތީ މޮނީޓަރިން އަކު ނޫން. އިއްޔެ އެ ރަށް މޮނީޓަރިން އަށް ލުމުން އެ ރަށުން ދަތުރު ކުރި ތިން މީހެއްގެ ޓެސްޓު ހެދީ. ހެދި އިރު ދެ މީހަކު ޕޮޒިޓިވް،" ކައުންސިލުން ބުުންޏެވެ.

ޕޮޒިޓިވް ވެފައިވަނީ މަންމަ އަކާއި ދަރިއެކެވެ. އެ މީހުންނާ ބައްދަލުވި މީހުން ދެނެގަނެ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް 27،000 އަށް ވުރެ ގިނަ މީހުން ވަކީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގެ އެހެން ރަށްރަށުންވެސް ކޮވިޑު ކޭސްތައް ފެންނަމުންދާއިރު ބައެއް ރަށްރަށް އޮތީ މޮނީޓަރިންގައެވެ.

comment ކޮމެންޓް