މަތިވެރިން ކޭސްތަކެއް ފެނި އެ ރަށް މޮނީޓަރިން އަށް

އއ. މަތިވެރި

އއ. މަތިވެރިން ކޮވިޑުގެ ކޭސްތަކެއް ފެނި އެ ރަށް މޮނިޓަރިން އަށް ލައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ސޮއިކުރައްވާ މަތިވެރި ކައުންސިލަތަށް ފޮނުއްވި ލިޔުމުގައި ވަނީ ކޮވިޑު19 އާއި ގުޅިގެން ސިއްހީގޮތުން ބަލަން ޖެހޭ ކަންތައް ބެލުމަށް އެރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

މިއާ އެކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން އެ އިދާރާގެ ހުއްދަ ނެތި އެ ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.

މަތިވެރިން 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

އެ ރަށު ހެލްތު ސެންޓަރުން ބުނީ ބަލީގެ އަލާމާތްތައް ހުރި 15 މީހެއްގެ ސާމްޕަލް ނެގި ކަމަށާއި އޭގެ ތެރެއިން 10 މީހަކު ޕޮޒިޓިވްވި ކަމަށެވެ. ރަށަށް ރޯގާ ދިޔައީ ކިހިނެއްކަން އަދި ނޭނގޭ ކަމަށް ވެސް ހެލްތު ސެންޓަރުން ބުންޏެވެ.

ގިނަ އަދަދެއްގެ ގެސްްޓްހައުސް ހުންނަ މަތިވެރީގެ ހުރިހާ ގެސްޓުހައުސްއެއް މިވަގުތު ފުލްކޮށް އޮތްއިރު މި ކޭސްތަކާ ގެސްޓުހައުސް ތަކުގައި ތިބި ފަތުރުވެރިންގެ ތެރެއިން މީހަކާ ގުޅުމެއް ނެތް ކަމަށް ވެސް ބުންޏެވެ.

"ޕޮޒިޓިވްވި މީހުންގެ ތެރޭ ގެސްޓްހައުސްގައި މަސައްކަތްކުރާ މީހުން ނުހިމެނޭ. ގިަނއީ ދުވަސްވީ ބޭފުޅުން. އަޅުގަނޑުމެން ވާނީ ވަރަށް ފަހުން ވެސް ގެސްތްހައުސްތަކުގެ މީހުންގެ ޓެސްތު ހަދާފައި. އެމީހުންގެ ތެރެއިން އޭރު ވެސް އެއްވެސް މީހަކު ޕޮޒިޓިވް ވުނޭ،" ހެލްު ސެންޓަރުން ބުންޏެވެ.

މަތިވެރިން ކޭސްތަކެއް ފެނި އެ ރަށް މޮނީޓަރިން އަށް ލާފައިވާއިރު އިތުރު ރަށްތަކެއް ވެސް މިވަގުތު މޮނީޓަރިންގައި އެބައޮތެވެ.

comment ކޮމެންޓް