ޗައިނާގެ މަރުހަބާ އިންތިހާބީ މޭޔަރު މުއިއްޒަށް

އިންތިހާބީ މޭޔަރު، ޑރ. މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވި، ކުރީގެ ހައުސިން މިނުސްޓަރު ޑރ. މުހައްމަދު މުއިއްޒަށް، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީމް މަރުހަބާ ކިޔައިފި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓު، އަނަސް އަބްދުއްސައްތާރާ ވާދަކުރައްވައި މުއިއްޒު މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. އަދި އިދިކޮޅު ޕީޕީއެމް އިން ވަނީ މާލޭ ސިޓީ ކައުންސިލްގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފަ އެވެ.

އެމްބަސީ ހިންގުމާ ވަގުތީގޮތުން ހަވާލުވެހުންނެވި، ޔޫ ޒުއެންގް މުއިއްޒަށް މަރުހަބާ ދެންނެވީ މިއަދު ފޯނުން ގުޅުއްވައި އެވެ. ޗައިނާ އެމްބަސީން ބުނީ، ފޯނުން ދެއްކެވި ވާހަކައިގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު، ޗައިނާގެ އެހީގައި ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ވަނީ ހިންގައިފަ އެވެ. އޭގެ ތެރޭގައި ސިނަމާލެ ބުރިޖާއި ހިޔާ މަޝްރޫއު ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް