ވ. ތިނަދޫ، ރަތްމަންދޫގައި ވޯޓުލާން ފަށާ ވަގުތު ފަސްކޮށްފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި މ. ރަތްމަންދޫ އާއި ވ. ތިނަދޫގައި ވޯޓުލާން ފަށާ ވަގުތު ފަސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ ރަށުގައި ވޯޓުލުން ކުރިއަށްދާނީ 8:30 އިން 5:00 އަށް ކަމަށެވެ.

އެގޮތަށް ހަމަޖެއްސީ، އެ ދެރަށުގައި ވޯޓުގެ ކަންތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން އެހެން ރަށްރަށުން ހަމަޖެހިފައިވާތީ ކަމަށް ވެސް ބުންޏެވެ.

އާންމު ހާލަތުގައި އިންތިހާބުގެ ވޯޓުލުން ފަށާ ގަޑިއަކީ 7:30 އެވެ.

މާދަމާ ބާއްވާ އިންތިހާބުގައި 3934 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ.

comment ކޮމެންޓް