ރަކީދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ވ ރަކީދޫ ބަނދަރުގެ މަސައްކަތް ނިމިފައި -- ފޮޓޯ: އެމްޓީސީސީ

ވ. ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެ މަސައްކަތް ކުރިއަށް ގެންދިޔަ އެމްޓީސީސީ އިން ބުނީ ރަކީދޫ ބަނދަރުގެ މަސައްކަތް 30 މާރޗް ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 5،654 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 11306 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި، 198 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކޮށްފައި ވެއެވެ.

މީގެ އިތުރުން 44 މީޓަރުގެ ސަރައްދެއްގައި ރިވެޓްމެންޓް ޖަހައި 594 އަކަ މީޓަރު ސަރަހައްދުގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކޮށްފައި ވެއެވެވ.

ރަކީދޫ ބަނދަރު މަޝްރޫއަކީ 18.5 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

comment ކޮމެންޓް