އެމްޓީސީސީން ހުޅުމާލޭ ދެވަނަ ފިޔަވަހިން 426 ކިލޯގެ ކުނި ނަގައިފި

"ކްލީން އަޕް ދަ ބީޗް"ގެ ނަމުގައި ބޭއްވި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީ

އެމްޓީސީސީން އިންތިޒާމުކޮށްގެން ބޭއްވި "ސުޒުކީ ކްލީން އަޕް ދަ ބީޗް" ހަރަކާތުގައި ހުޅުމާލެއިން 426 ކިލޯގެ ކުނި އުކާލައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. މި ހަރަކާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން އިސްނަގައިގެން ކުރިއަށްގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ މި ހަރަކާތުގައި އެ ކުންފުނީގެ 100 އަށްވުރެ ގިނަ މުއަށްޒަފުން ވަނީ ބައިވެރިވެފައެވެ.

"ކްލީން އަޕް ދަ ބީޗް"ގެ ނަމުގައި ބޭއްވުނު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީ

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވެމްކޯއާއި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ސޭވް ދަ ބީޗް މޯލްޑިވްސްގެ އިތުރުން ހުޅުމާލޭ މަސްވެރިންގެ ޖަމިއްޔާއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

"ކްލީން އަޕް ދަ ބީޗް"ގެ ނަމުގައި ބޭއްވުނު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީ

މި ހަރަކާތުގެ ތެރެއިން 426 ކިލޯގެ ކުނި އުކައިލެވުމަކީ ރާއްޖޭގެ ގޮނޑުދޮށްތަކާއި ތިމާވެށި ސާފުކޮށް ރީތިކޮށް ބެހެއްޓުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ، އެ ކުންފުނިން އަބަދު ވެސް ސާފު އަދި ތިމާވެއްޓާ ރައްޓެހި މާދަމާއެއް ހޯދަން ވަކާލާތުކުރާނެ ކަމަށެވެ.

comment ކޮމެންޓް