ފަސިންޖަރުންގެ ހުއްދަނެތި ދެން ޓެކްސީގައި ލަވައެއް ނުޖެހޭނެ

މަޖީދީމަގުން ޓެކްސީއެއް ދަތުރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަސިންޖަރުންގެ ހުއްދަނެތި އަޑު ނުކުންނަ ބާވަތުގެ އެއްވެސް އެއްޗެއް ޓެކްސީގައި ބޭނުން ނުކުރެވޭ ގޮތަށް ޓެކްސީ ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

ޓެކްސީ ގަވައިދަށް ހަތްވަނަ އިސްލާހު ގެނެސް މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ޓެކްސީ ހިދުމަތްދޭ ފަރާތުން ބޭނުންކުރާ މުއާސަލާތީ ނިޒާމު ފިޔަވައި އަޑު ނުކުންނަ ބާވަތުގެ އެއްވެސް އެއްޗެއް ފަސިންޖަރުންގެ ހުއްދަ ނެތި ބޭނުން ނުކުރެވޭނެ ކަމަށެވެ.

އޭގެ ތެރޭގައި ރޭޑިއޯ ޓީވީ ލަވަޖަހާ ސެޓު ފަދަ ތަކެތި ހިމެނެ އެވެ. ފަސިންޖަރުންގެ ރުހުން ނެތި އެފަދަ އާލާތެއް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އެ އިސްލާހުގައި ބުނެފައިވަނީ ޓެކްސީ ސެންޓަރާއި ޓެކްސީ ހިދުމަތްދޭ އުޅަނދާ ދެމެދު ޓްރާސްޕޯޓް އޮތޯރިޓީ ހުއްދަކުރާ މުއާސަލާތީ ނިޒާމެއް ގާއިމްވެފައި އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެ މުވާސަލާތީ ނިޒާމުގެ ބޭނުން ހިފަންވާނީ ރިވެތި އަދަބު އިހުތިރާމާއެކު ރިވެތި ބަހުން ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް