Ooredoo
Dhiraagu

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ޖުމައްޔިލްއަށް ދައުވާކޮށްފި

ފިލްމީ ތަރި މުހައްމަދު ޖުމައްޔިލް ނިމާލް --

ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ފިލްމީ ތަރި މއ. ގްރޭވޫލްއާގެ، މުހައްމަދު ޖުމައްޔިލު ނިމާލްއަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފި އެވެ.

ADK GENERAl

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖުމައްޔިލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، އަންހެނަކު ވަނީ އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި ތަފްސީލުކޮށް ކިޔައިދީފަ އެވެ. ޖުމައްޔިލްއާއި ދެބެއިންގެ ދެ ދަރި އެ އަންހެން މީހާ ބުނެފައިވަނީ، 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ޖުމައްޔިލް އެ އަމަލު އޭނާއާ މެދު ހިންގި އިރު، އޭނާ ވާނީ 17 އަހަަރު ކަމަށެވެ.

އެ މައްސަލައިގައި ޖުމައްޔިލްގެ މައްޗަށް ދައުވާ ނުކުރީ ބާރުގަދަ ފަރާތްތަކަކާ އޭނާއާ ދެމެދު އޮތް ގުޅުމެއްގެ ސަބަބުން ކަމަށް އޭނާގެ ނުފޫޒު ގަދަ ކަމުން ކަމަށް ބުނެފައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން "ސަން"އަށް ވިދާޅުވީ، އެ މައްސަލައިގައި މީގެ ކުރިން ދައުވާ ނުކުރަން ނިންމާފައި އޮތީ ހެކި ނެތިގެން ކަމަށް ބުނެ ކަމަށެވެ. ޖުމައްޔިލްއަށް ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއުކޮށް، އޭނާއަށް ދައުވާ ކުރެވޭނެތޯ ނުވަތަ ނޫންތޯ ބައްލަވާނެ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ޖުމައްޔިލްގެ މައްޗަށް ދައުވާކޮށް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން މިއަދު ވަނީ "ސަން"އަށް ބުނެފަ އެވެ.

އޭނާގެ މައްޗަށް ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ އެވެ.

ޖިންސީ ގޯނާގެ މައްސަލަ ބަލައި އެކަމާ ގުޅިގެން ދައުވާ ނުކުރި ނަމަވެސް ޖުމައްޔިލްގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ކުރިން ކުރި އެވެ. ނަަމަވެސް، އިޖުރާއީ ބައެއް މައްސަލަތަކާ ހުރެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ޖުމައްޔިލްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ބުނާ ގޮތުގައި، އެ އަނިޔާގެ ސަބަބުން އޭނާއަށް އެތައް ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އެގޮތުން ޑިޕްރެޝަންއާއި އެންޒައިޓީއަށް ތެރަޕީވެސް ހޯދަން ޖެހުނު ކަމަށް ބުނެފައިވެ އެވެ.

ޖުމައްޔިލަށް ދައުވާ ނުކުރީ ހެކި ނެތިގެން، އޭނާ ބުނަނީ "ނޯ ކޮމެންޓް" ކަމަށް!

Redstar
comment ކޮމެންޓް

comment ސަމީމުޕުލަސް

4 year 12 month ago

އަންހެން ކުދިން ރައްޓެހިވާ ބައެއް ފިރިހެން ކުދިން ހީ ކުރަނީ އެމީހުން ރައްޓެހިވާ ބިޓުން ނަކީ ކުރީގަ މީހަކަ އިދެގެން އުޅުނީވެސް ކިޑުނެޕް ކޮއްގެން ކަމައް އެހެންވެ އަވަހައްކޯޓައް ދާންވީ ކަމައް..ރޭވުމެއްގެ ތެރެއިން ކުރިކަމެއް ޖުމައިލްގެ އަގުވައްޓާލަން

reply ވާގޮތް

4 year 12 month ago

އަގެއް އަބުރެއް އޮތް މީހެއްތަ އެއީ؟؟ އޮތް ނަމަތާ ވެއްޓޭނީވެސް... މުށިކިސަޑުން ނަޖިހުންގެ އަބުރާ އަގު އޮންނަކަމެއް ނުދެނެހުރިން

comment މިސކޭ

4 year 12 month ago

ތީ ބަޔަކު ބުނެގެން ގަސްތުގަ ޖުމައިލް ގެ މައްޗައް ކުރި ދައުވާ އެއް އަންހެން ކުދިން އެމީހުން ފަހުން ރައްޓެހިވާ ބިޓުން ބުނާ ގޮއްހަދަނީ،،

comment ކާފަ

4 year 12 month ago

ފިލުވާކި ހަސަދައަކާ ވައްތަރީ އެމަންޖެގެ ތިބުނާ އިންޓަވިއު މަވެސް ބެލިން

comment ސަޕި

4 year 12 month ago

17 އަހަރުގަ ؟ 18 އަހަރު ނުވެ އެއްދުވަސް އިނަސް އެއީ ކުޑަ ކޫއްޖެ އެނގޭތޯ

comment ސައިމަން

4 year 12 month ago

ގިނަ އަންހެން ކުދިން ފައިސާ ގެ ދަހިވެތި ކަމުގަ ތި ކަން ކުރަނީ. ދެން ފަހުން އެފިރިހެނަކު މުއްސަދި ނުވަތަ އެފަދަ ޕޮސިޝަނަކަށް ދިޔައިމަ އިތުރު ލާރީގެ ބޭނުމުގަ ދޮގު ބުހުތާނު ހަދާ ލާރި ނުދީފިއްޔާ އެމީހަކު ކޯޓަށް ދަމާ ބިރުދައްކާ. ތީ ހުޅަނގު ގައުމު ތަކުގަ ވ. ޢާއްމު ކަމެއް، ދިވެހިން ނަށް އާ ކަމަކަޢް ވެގެން ތިއުޅެނީ.

comment ރޭޕްވާން އުޅެ ނުވި ޒަހޫ

4 year 12 month ago

ދައުވާ ކުރިއަސް ސާބިތެއް ނުކޮއްދެވޭނެ، ކޮން ހެއްކެ ދައްކަން އޮތީ ތިކަމުގަ ދައުވާ ކުރާފަރާތުން، އިންޓަވިއު އަކަށް އަރާފަ ތިމަންނަ ރޭޕް ކުރިއޭ ބުންޔަސް ގަބޫލެއްނުކުރެވޭނެ، ޖުމައްޔިލް ކުރިއަރާތީ ހަޖަމުނުވީ

comment ޙުހުހ

4 year 12 month ago

ހޯރަ އިއްބެ ކޮބާ ؟

reply މިސާލު

4 year 12 month ago

އޭނަގެ މައްޗަށް ދަޢުވާކޮށް ޖަލަށް ލާފަ، ޤާނޫނުގަ ބުނާގޮތުން ވަކި މުއްދަތެއް ޖަލުގަ ހޭދަކުރީމަ މާފު ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާތީ އެގޮތުގެ މަތިން މާފަށް ހުށަހެޅީމަ ރައީސް މާފު ދެއްވާފަ އޮތީ.. އެހެންވީމަ ޤާނޫނާ އެއްގޮތަށް އެކަން ނިމިފަ އޮތީ.. ދެން އެއީ ޔާމީނު ރާވައިގެން ދިން އަނިޔާއެއްކަން ސާފު ތިބުނާ ކުޑަކުއްޖާއާއި އާއިލާއިންވެސް އެކަމަށް އިންކާރު ކުރޭ އަދި އެއީ އޭނާގެ އަންހެނުން އިންނަން ރަން ކިޔާފަ ހުއްޓާ ޔާމީނު ދިން އަނިޔާއެއް.. ކުޑަކުދިންގެ މައްސަލަތަކާ ގުޅުވަނަ މާ ކަމުދާ މިސާލެއް ނޫން..

comment ޢަންނަނީ ކުދިހިނި

4 year 12 month ago

ބިރުކުޑަ ޖުމައިލް ކިހިނެއްތިޔަހެދީ

comment ސަންފަ

4 year 12 month ago

ރޯޔަލް ރޭޕިސްޓް

comment ސާހިބާ

4 year 12 month ago

ފައިސާ ގެ ދަހިވެތި ކަމުގައި ބަދުއަހުލާގީ އަމަލު ހިންގާ ފަ ނުކުމެ ޖިންސީ އަނިޔާ ދެނީ ޔޯ 17އަހަރު ކުޑަ ކުދިން ނޭކިޔާ ނުބާނުލަފާ ޕީޖީ ސަމީމް