ކުޑަ ކުދިންތަކެއް ފަޅުރަށަކަށް ގެންގޮސް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް ތެރެއިން: ފަޅު ރަށަކަށް ކުދިންތަކެއް ގެންގޮސް ޖިންސީ ގޯނާކުރި މައްސަލައެއް އަންނަނީ ތަހުގީގުކުރަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުތުރުގެ އަތޮޅެއްގެ ފަޅު ރަށަކަށް ކުޑަކުދިންތަކެއް ގެންގޮސް، އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މިނިސްޓްރީގެ އޮފިޝަލަކު 'ސަން'އަށް ވަނީ، އެ މައްސަލަ ބަލަމުން އަންނަކަން ކަށަވަރުކޮށްދެއްވާފައެވެ.

އެ ގޮތުން، އެކަމުގެ މައުލޫމާތު ލިބުމާ އެއްކޮށް މައްސަލަ ބަލަން ފެށި ކަމަށާއި މައްސަލައިގައި ޝާމިލުވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުޑަކުދީންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަަކަށް ވާތީ ކުއްޖާ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރެއެވެ. އެ ފަދަ މައުލޫމާތުތައް ހާމަކުރުމަކީ މަނާ ކަމެކެވެ.

comment ކޮމެންޓް