ނައިފަރު މެމްބަރު ޝިޔާމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފެބްރުއަރީ 12، 2021: ކޮވިޑު19ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވަނިކޮށް އިދިކޮޅުން ކޯލިޝަނުން "ކޮބާ މަގޭ ފްލެޓު" ނަމުގައި މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު "ސަން" އަށް ވިދާޅުވީ، ކޮވިޑް19 އަށް ޕޮޒިޓިވްކަން ޝިޔާމް މިއަދު މަޖިލީހަށް ރަސްމީކޮށް އަންގަވާފައިވާ ކަމަށެވެ.

މެމްބަރު ޝިޔާމް ފޯނަށް ޖަވާބުނުދެއްވާތީ އިތުރު މައުލޫމާތެއް ނުލިބުނެވެ. ނަމަވެސް ޝިޔާމް ޕޮޒިޓިވްވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަން ވަނީ އެނގިފަ އެވެ.

މި މަހުގެ ކުރީކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

އިއްޔެގެ ހަވީރު ހަޔަކާ ހަމައަށް ރާއްޖެއިން 22،513 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިވަގުތު 2،436 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 95 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފަ އެވެ.

މި ބަލީގައި 66 މީހަކު ރާއްޖއިން މަރުވެފައިވާއިރު ބަލި ޖެހި ރަނގަޅުވި މީހުންގެ އަދަދަކީ 22،513 އެވެ.

comment ކޮމެންޓް