އަބީޝޭކްގެ "ދަ ބިގް ބުލް"ގެ ޓްރެއިލާ މިއޮތީ، ފިލްމު ހޮޓްސްޓާއިން

ފިލްމުގައި އަބީޝޭކް ފެނިގެންދާ ގޮތް---

ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބު ބައްޗަންގެ ދަރިފުޅު އެކްޓަރު އަބީޝޭކް ބައްޗަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ދަ ބިގް ބުލް"ގެ ރަސްމީ ޓްރެއިލާ ނެރެފި އެވެ.

ހަގީގީ ހާދިސާތަކެއްގެ އަސްލަކަށް ބިނާކޮށް އުފައްދާ މި ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ބަތަލާ އިލިއާނާ ޑި ކްރޫޒްއެވެ. މި ފިލްމަކީ އިލިއާނާ ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ. މި ފިލްމަކީ ކޫކީ ގުލާޓީ ޑައިރެކްޓްކުރާ ފިލްމެކެވެ.

އެ ފިލްމުގައި ކިޔާދޭނީ އިންޑިއާގެ ވިޔަފާރީގެ ބާޒާރުގައި ހަރުޝަދު މެހެތާ ކިޔާ ހިންގާފައިވާ ޖަރީމާތަކެއްގެ ވާހަކަ އެވެ. މި ފިލްމަކީ ފައިނޭންޝަލް ކްރައިމް ޑްރާމާއެކެވެ. މި ފިލްމަކީ އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކާއި ނުވައިދިހައިގެ ކުރީކޮޅު ދިމާވި ކަންތައްތަކެއް މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމު ރިލީޒްކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ. އެ ފިލްމުގެ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

comment ކޮމެންޓް