"ޝަކިރާ"އެކު ފުލުހުންގެ ފާރަގަމައިން ދެ ކުއްތާ މަރުވެއްޖެ

މަރުވި ޝަކީރާއެކު ފުލުހެއް ---

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ބޭރުން ގެނައި ފުލުހުންގެ ކުއްތާ، "ޝަކީރާ" މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "ޝަކީރާ" މިއަދު މަރުވީ ބަލިވެ އުޅުމަށް ފަހު ކަމަށެވެ.

ފުލުހުންގެ ފާރަ ގެމައަަށް (ޑޮގް ސްކޮޑަށް) 17 ކުއްތާ ގެނަ އެވެ. މީގެ ކުރިން ވެސް ވަނީ ކުއްތާއެއް މަރުވެފަ އެވެ.

ޝަކީރާ އެކު ދެ ކުއްތާ މަރުވުމުން މިހާރު ފުލުހުންގެ ފާރަ ގެމައިގައި އޮތީ 15 ކުއްތާ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުޓުވުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ވަރުގަދަކުރުމަށް ފާރަ ގެމަ އުފައްދައި، ކުއްތާތައް ގަނައުމުގެ މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ފުލުހުން ވަނީ ކުއްތާތައް ރާއްޖެ ގެނައުމަށް ފަހު، ފޮޓޯ އާންމުކޮށް އެ ކުއްތާތަކަށް ނަންދީފަ އެވެ. އޭގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަމެއް ހޯދީ ހުދު ކުލައިގެ ޝަކީރާއެވެ.

comment ކޮމެންޓް