ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމެޓީ (ސީއޭޕީއޭސީ)ގެ އެގްޒެކެޓިވް ކޮމެޓީގެ ވައިސް ޗެއާ އަކަށް ކިނބިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް އައްޔަނު ކޮށްފި އެވެ.
އިއްޔެ ބޭއްވި ސީއޭޕީއޭސީގެ އާންމު ޖަލްސާ އަދި ކޮންފަރެންސްގައި އެ ކޮމެޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަެއްގެ ގޮތުގައިވެސް ނާޝިޒު ވަނީ އައްޔަނު ކޮށްފަ އެވެ.
ސީއޭޕީއޭސީ އުފެދުނީ 2015 ވަނަ އަހަރު އެވެ. އެ ކޮމެޓީގެ މަގުސަދަކީ ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސް ތަކަކީ ޕަބްލިކް ފައިނޭންސްގެ އެންމެރަނގަޅު އުސޫލުތައް ޕްރޮމޯޓު ކުރާ އަދި އެ ގައުމުތަކުގެ ރައްޔިތުންނަށް ޕަބްލިކް ފައިނޭންސްގެ އެންމެ ރަނގަޅު އުސޫލުތަކުގެ ތެރެއިން ހިދުމަތް ލިބޭނެކަން ކަށަވަރު ކުރުމެވެ.
ސީއޭޕީއޭސީގެ މަސައްކަތްތަކުގެ ތެރޭގައި ޕަބްލިކް އެކައުންޓްސް އާ ގުޅޭ އެންމެ ރަނގަޅު ޕްރެކްޓިސްތައް ކަނޑައަޅައި ޕްރޮމޯޓު ކުރުމާއި އިންސާފުވެރިކަމާއި ހަމަހަމަ ކަމާއި ދެފުށްފެންނަ ގޮތަކަށް އެކަންތައް ޕްްރޮމޯޓުކުރުން ހިމެނެ އެވެ.
މިއީ ސަރުކާރުތަކަށާއި ގާނޫނު ހަދާ މަޖިިސްތަކަށް އަދި މަޖިލީސްތަކުގެ މާލއްޔަތު ކޮމެޓީ ތަކަށް ހާއްސަ މިންގަނޑެއްގެ ތެރެއިން ޕަބްލިކް އެކައުންޓްސް ނުވަތަ މާލިއްޔާ އާއި ގުޅޭ ކަންތައް ހަރުދަނާ ކަމާއެކު ކުރިއަށް ގެންދިޔުމަށް މަގުދައްކައިދޭނެ ކަމެކެވެ.
ސީއޭޕީއޭސީގެ ޕްރިންސިޕަލްތައް މިހާތަނަށް 40 ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.