މެރިންކޯގެ ސްޕެޝަލް އޮޕަރޭޝަން ގްރޫޕް ތައާފަރުކޮށްފި

މެރިންކޯގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް (އެސްއޯޖީ) ތައާފަރުކުރުން -- ފޮޓޯ: އެމްއެންޑީއެފް

މެރިންކޯގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް (އެސްއޯޖީ) ތައާފަރުކޮށްފި އެވެ.

މެރިންކޯގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް ތައާރަފު ކުރުމަށް އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

އެރަސްމިއްޔާތުގައި އެސްއޯޖީގެ ބައެއް މަގާމުތަކަށް އައްޔަންކުރި ފަރާތްތަކަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު އެވެ.

އެމްއެންޑީއެފްގެ މެރިންކޯގައި އަލަށް ތައާރަފު ކުރި އެސްއޯޖީއަކީ އެމްއެންޑީއެފުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިތުރު އެލީޓް ފޯސްއެއް ކަމަށާއި އެ ފޯސްއަކީ އެމްއެންޑިއެފްގެ އާ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާގޮތަށް އެއްގަމާއި ކަނޑުގައި ހާއްސަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ހާއްސަ ބާރެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ސްޕެޝަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމުގެ އިލްމާއި ހުނަރު އުނގަންނައި ދެވިފައިވާ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަތިވެރި އަސްކަރީ އަހުލާގުގެ މަތީގައި ސާބިތުވެ ތިބޭ މި ހާއްސަ ފޯސްގެ ސަބަބުން މެރިންކޯގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް