ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ފިހާރަތަކުން ރޯދަ ސޭލް ފަށައިފިއެވެ.
މިއަދުން ފެށިގެން އޭޕްރީލް 20 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލްގައި 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.
ޕްރޮމޯޝަން މުއްދަތުގައި ކުރާ ކޮންމެ 100 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ ކަމަށް ވެލިގާ އިން ބުންޏެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ރާވާފައި ވަނީ އޮންލައިން ކޫޕަން ސިސްޓަމެއް ބޭނުން ކޮއްގެން ކަމަށާއި ވިޔަފާރި ކުރާއިރު ކަސްޓަމަރުގެ ފޯނު ނަންބަރު ދިނުމުން ޕްރޮމޯޝަންގައި އެފަރާތަށް ބައިވެރިވެވޭނެ ކަމަށް ވެލިގާ އިން ބުންޏެވެ. އަދި ޕްރޮމޯޝަނުގައި ބައިވެރިވެވުނު ކަން އެންގުމުގެ ގޮތުން ކަސްޓަމަރަށް މެސެޖެއް ފޮނުވާނެ ކަމަށާއި މެސެޖުގައި ވާ ލިންކަށް ފިތާލުމުން ކަސްޓަމަރުނަށް ލިބިފައިވާ ކޫޕަންގެ ތަފުސީލު ފެންނާނެކަމަށް ވެލިގާއިން ބުންޏެވެ.
ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅައިފައެވެ.
މުޅި ޕްރޮމޯޝަން އެއް ވަނައަށް ހޮވޭ ފަރާތަކަށް 50,000 ރުފިޔާގެ ވައުޗަރެއް, ދެ ވަނައަށް 30,000 ރުފިޔާގެ ވައުޗަރެއް އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 20,000 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ. ވައުޗަރު ބޭނުން ކޮށްގެން ވައުޗަރު ގެ އަދަދަށް ވެލިގާ ގެ ފިހާރަތަކުން ވިޔަފާރި ކުރެވޭނެ ކަމަސް ވެލިގާއިން ބުންޏެވެ.
މީގެ އިތުރުންނަސީބުވެރި 10 ފަރާތަކަށް އިތުރު އަގުހުރި އިނާމުތަކެއް ޕްރޮމޯޝަނުގެ ތެރޭ ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ޓީވީ, ކޮފީ މެޝިން, ލެޕްޓޮޕް, ޕަވާ ޓޫލް ކިޓް އަދި ހޯމްޑެކޯ ޕެކް ފަދަ އިނާމުތައް ހިމެނެއެވެ.