ޓްވިންސުން ލިބޭ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ

ޓްވިންސް ކުދިން---

މީގެ ކުރިން ދުނިޔޭގައި ނުވިހާ ވަރަށް މިހާރު ޓްވިންސުން ވިހާ ކަމަށާއި މިހާރު މި އަދަދު ހުރީ އިންތިހާއަށް މަތީގައި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އަހަރެއްގެ މައްޗަށް ދުނިޔޭގައި 1.6 މިލިއަން ޓްވިންސުން ވިހާ ކަމަށާޢި އަދި މުޅިދުނިޔޭގައި ވިހާ ކޮންމެ 42 ކުއްޖަކުން އެއް ކުއްޖަކީ ޓްވިންސެއްކަމަށްވެސް މި ދިރާސާއިން ބުނެ އެވެ.

1980 ގެ ފަހުން ޓްވިންސުން ވިހާ އަދަދު މަދުމަދުން އިތުރުވަމުން އައިއިރު މިފަހަކުން މި އަދަދުތައް މިހާ މަތިވެފައިވާ ސަބަބެއް ކަމުގައި ބެލެވެނީ ދަރިމައިވުމުގެ އުމުރު ލަސްވުމާއި އައިވީއެފް ފަދަ ފަރުވާގެ އެހީގައި ދަރިން ހޯދާ ނިސްބަތް އިތުރުވުމެވެ.

ފާއިތުވި 30 އަހަރުގައި މުޅި ދުނިޔޭގައިވެސް ޓްވިންސުން ހޯދާ ނިސްބަތް އިތުރުވިއިރު އޭޝިއާގައި އެކަނިވެސް މި ނިސްބަތް ހުރީ 32 ޕަސެންޓް އިތުރުވެފައެެެވެ. އަދި އުތުރު އެމެރިކާގައި ޓްވިންސުން ހޯދާ ނިސްބަތް 71 ޕަސެންޓްވަނީ އިތުރުވެފައެވެ. އެފްރިކާއަކީ އަބަދުވެސް ޓްވިންސުން ލިބޭ އަދަދު އިތުރު ގައުމެއް ކަމަށްވާއިރު މާ ބޮޑު އިތުރުވުމެއް މި ފަހުގެ އަހަރުތަކުގައި ފާހަގަވެފައެއް ނުވެއެވެ.

އެފްރިކާގައި ޓްވިންސުން ލިބޭ އަދަދު އަަބަދުވެސް އެހާ މަތީގައި އުޅެނީ އެ ނަސްލުގެ ޖެނެޓިކް ތަފާތަކުންކަމުގައި ބެލެވޭކަމަށް ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ޕްރޮފެސާ އަދި މި ދިރާސާ ހެއްދެވި ޕްރޮފެސާ ކްރިސްޓިއަން މޮންޑަން ވިދާޅުވިއެވެ.

" އެ ގައުމުގައި ގިނައީ ޒައިގޯޓިކް ޓްވިންސް. ނުވަތަ ތަފާތު ދެ ބިހަކުން އުފެދޭ ދަރިން. މިއީ ބޮޑަށް ބެލެވޭ ގޮތުގައި އެފްްރިކާގައި ހުންނަ ޖެނެޓިކް ތަފާތެއް" ޕްރޮޮފެސާ ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި ޓްވިންސުން ލިބޭ ނިސްބަތް އެހާ އިތުރުވަމުންދަނީ މެޑިކަލ އެސިސްޓެޑް ޕްރޮސީޖ ާތަކުންނެވެ. މިގޮތުން އައިވީއެފްއާއި، އައިސީއެސްއައި، އާޓިފިޝަން އިންސެމިނޭޝަން އަދި އޯވޭރިއަން ސްޓިމިއުލޭޝަން ފަދަ ޕްރިސީޖާތައް ހިމެނެއެވެ.

ކަންމިހެންހުރިނަމަވެސް، ޓްވިންސުން ހޯދުމަކީ އޭގައި ގިނަ ރިސްކުތަކެއް ހިމެނޭ ކަމެކެވެ. މިގޮތުން ދަރިފުޅު ފުރިހަމަނުވަނީސް ވިހަން ޖެހުން (ޕްރިމެޗުއަރިޓީ) އަދި އުފަންވާއިރު ދަރިން މަރުވުން ފަދަ ނުރައްކާތައް ހިމެނެއެވެ. ހާއްސަގޮތެއްގައި މެދު ފަންތީގެ ގައުމުތަކުގައި ޓްވިންސުން ލިބޭނަމަ މިފަދަ ނުރައްކާތައް ހުރީ ކަންބޮޑުވަ ދަރަޖައެއްގައެވެ.

ސަބް ސަހަރަން އެފްރިކާގައި ލިބޭ ޓްވިނސްްގެ ތެރެއިން އެއް ކުއްޖަކު އުފަންވާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔެ ދޫކުރާކަމަށް މި ދިރސާގައި ވެއެވެ. އެއީ އަހަރެއްގެ މައްޗަށް 200،000 އެއްހާ ކުދިންނެވެ. ނަމަވެސް ސިއްޚީ ނިޒާމު ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކުގައި ދެ ކުދިންވެސް ސަލާމަތާއި ރައްކާތެރިކަމާއި އެކީ ދުނިޔެއަށް އުފަންވާ ނިސްބަތް މާ ބޮޑަށްވެސް ރަނގަޅެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި، ޓްވިންސް ހޯދާ ނިސްބަތް އެންމެ ގިނަވާނެ ކަމަށް ބެލެވެނީ އިންޑިއާއާޢި ޗައިނާ ފަދަ ހިސާބުތަކުގައެވެ.

comment ކޮމެންޓް