ހުޅުމާލޭގައި އެފްޑީސީއިން އިތުރު 2،000 ހައުސިން ޔުނިޓު އަޅަން އެއްބަސްވެއްޖެ

ހުޅުމާލޭގައި އިތުރު 2،000 ހައުސިން ޔުނިޓު އެޅުމާ ގުޅޭ އެއްބަސްވުމުގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސޮއިކުރުން--

ހުޅުމާލޭގައި އިތުރު 2،000 ހައުސިން ޔުނިޓު އެޅުމާ ގުޅޭ އެއްބަސްވުމުގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ)އިން ސޮއިކޮށްފި އެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރަން އެއްބަސްވެފައިވަނީ ތިން ކޮޓަރިއާއި ތިން ފާހާނާ ހިމެނޭ 1400 ޔުނިޓާއި ދެ ކޮޓަރިއާއި ދެ ފާހާނާ ހިމެނޭ 600 ޔުނިޓެވެ.

މުޅި މަޝްރޫއުގެ ޖުމުލަ ހަރަދު 137 މިލިއަން ޑޮލަރާ ގާތްކުރާއިރު، މަޝްރޫއާ ގުޅޭ ފައިނޭންޝަލް ކްލޯޝާވަރަށް އަވަހަށް ނިމި، އަވަސް މުއްދަތެއްގެ ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް އެފްޑީސީއިން ބުނެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޖޭއެމްސީއަކީ ސިވިލް ކޮންސްޓްރަކްޝަންއާއި އިންފްރާސްޓްރަކްޗާ އީޕީސީ ކުންފުނިތަކުގެ ތެރެއިން އިންޑިއާގެ އެންމެ ކާމިޔާބު އެއް ކުންފުންޏެވެ.

ހުޅުމާލޭގައި 2،000 ހައުސިން ޔުނިޓު އަޅަން އެފްޑީސީއިން މިދިޔަ މަހުގެ ކުރީކޮޅުގައި ވެސް އިންޑިއާގެ ކުންފުންޏަކާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ އިންޑިއާގެ އެންބީސީސީ ލިމިޓެޑް ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމެކެވެ.

https://sun.mv/148712

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުންފުންޏެއް އުފެއްދެވީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށެވެ.

comment ކޮމެންޓް