އައްޑުއަށް ގެންދާ އަސްތައް ބޯޓަށް އަރުވައިފި

އައްޑޫ ސިޓީއަށް އަސްތައް ގެންދިއުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ ގެ ބޯޓަށް އަރުވައި ދަތުރު ފަށައިފި އެވެ.

އައްޑުއަށް އަސް ގެންދަނީ އެ ސިޓީގައި އަސް ދުއްވުމުގެ ވިޔަފާރިއެއް ފެށުމަށެވެ.

ސްޓޭޓް ޝިޕިން އިން ކުރި ޓުވީޓެއްގައި ބުނީ މިއީ އެ ބޯޓުގައި ދިރޭ ޖަނަވާރު އުފުލާ ފުރަތަމަ ފަހަރު ކަމަށެވެ.

އައްޑޫ ސިޓީގެ ޒުވާނަކު ފަސް އަސް ގެންދާނެ އިމްތިޒާމް ހަމަޖައްސައި، ނަގަން ޖެހޭ ހުއްދަތައް ވެސް ނަގާފައިވާކަން ހާމަކުރެއްވީ މިދިޔަ އޯގަސްޓް މަހު ރައްޔިޔުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިކަމަކީ ވަރަށް ޝައުގުވެރި އަޖުމަ ބެލުން ރަނގަޅު ޕްރޮޖެކްޓެއް ކަމަށެވެ. އަސް ދުއްވުމަކީ ރާއްޖެއަށް އާ ކަމަކަށް ވާނެ އެވެ.

comment ކޮމެންޓް