ހުޅުމާލޭ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭ ގުދަނެއްގައި ރޯވެ އަދަނީ، މިހާރު އަލިފާން ވަނީ ނިއްވާލާފައި --

ހުޅުމާލޭ ގުދަނެއްގައި ރޭ ދަންވަރުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަނުުގެ ހުރި ތަކެއްޗަށް ގެއްލުންވެއްޖެ އެވެ.

ރޭ ދަންވަރު 2:43ގައި ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އަހަމަދު އާޒިމް ވިދާޅުވީ، ރޭ 3:36ގައި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

"ގުދަނުގައި ހުރީ އިންޖީންއާއި އޭގެ ސާމަނުތަކެއް. މީހަކަށް އަނިޔާއެއް ނުވޭ،" އާޒިމް ވިދާޅުވި އެވެ.

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު، ރޭ މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި އެކަކަށް ވަނީ އަނިޔާވެފަ އެވެ.

comment ކޮމެންޓް