އަތޮޅުތަކަށް މަދުވާ ޑޮކްޓަރުންނާއި ނަރުހުން ޖޫންގެ ނިޔަލަށް ހަމަވާނެ: މިނިސްޓަރު ނަސީމް

މިނިސްޓަރު ނަސީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަތޮޅު ތެރޭ ސިއްހީ ހިދުމަތް ދެމުން އަންނަ ތަންތަނަށް، ޑޮކްރަރުންނާއި ނަރުހުން ހަމަނުވާ މައްސަލަ އަންނަ ޖޫންގެ ނިޔަލަށް ހައްލުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އޭނާ އެގޮތަށް ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބަށް އެމްޑީޕީގެ ރަށްވެހިފަތިސް ކެމްޕެއިންގެ ނ. އަތޮޅުގެ ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް ރޭ އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، އަތޮޅު ތެރޭ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކަށް މުވައްޒަފުން މަދުވާ މައްސަލަ މުޅިން އެކީ އެކައްޗަކަށް ޖޫންގެ ނިޔަލަށް ހައްލުވެގެން ދާނެ ކަމަށެވެ. އަދި އެތަންތަނަށް މިހާރު ވެސް ޑޮކްޓަރުންނާއި ނަރުހުން ލިބޭވަރަށް ފޮނުވަމުންދާ ކަމަށް ނަސީމް ވިދާޅުވި އެވެ.

"ނަރުހުންނާއި ޑޮކްޓަރުން، [އަދި] ސްޕެޝަލިސްޓުން [މަދުވާ] މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން މިދަނީ...ޖޫން މަސް އަންނަ އިރު އަޅުގަނޑުމެންނަށް އޮންނާނީ އެކަން ހައްލުވެފައި. ހުރިހާ އެންމެން ގެނެސް ހަމަ ކުރެވޭނެ،"

އޭނާ ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ 163 ޑޮކްޓަރުންނާއި ޑޮކްޓަރުން ގެނައުމަށް ކަމަށާއި އެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ވެސް ޑޮކްޓަރުންނާއި ނަރުހުން ލިބޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

ބައެއް ރަށްތަކުގައި އެކަށީގެންވާވަރަށް ނަރުހުންނާއި ޑޮކްޓަރުން ނެތުމަކީ ވަރަށް ގިނަ ރަށްތަކުގެ ދިމާވެފައިވާ މައްސަލަ އެކެވެ.

comment ކޮމެންޓް